ޕީޕީއެމް/ޕީއެންސީގެ ވޯޓް
ހަބަރު
27 Jan 2024 | 10:55
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށްއޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ  ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 10:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 5:00 އާއި ހަމައަށެވެ.

މިއަދު ކުރިއަށް މިދާ ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން ޖުމަލަ 227 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލުމުން ތަފާތު ދާޢިރާތަކުން ޖުމުލަ 296 ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ކެންޑިޑޭޓެއް ކުރިމަތި ލުމުގެ ސަބަބުން ޕްރައިމަރީ އަކާއި ނުލައި 13 ފަރާތަކަށް ވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ވެފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއަދު އެ ކޯލިޝަނުން މި ބާއްވާ ޕްރައިމަރީގައި 283 ފަރާތަކުން ވާދަކުރާއިރު އޭގެ ތެރޭގައި 32 އަންހެނުން ހިމެނެއެވެ.

ވޯޓްލުން މިހާރު ފެށިފައިވާއިރު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މާލޭގައި ވޯޓްފޮށިތައް ބެހެއްޓިފައިވާ ތަންތަނަކީ ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި ، ތާޖުއްދީން ސްކޫލާއި އަދި ހެންވޭރު ބޯޅަދަނޑުގައެވެ.

މީގެތެރެއިން ހެންވޭރު ދަނޑުގައި ބެހެއްޓިފައިވާ ފޮށިތަކަކީ މާލޭގައި ދިރުއުޅެމުން ގެންދާ އަތޮޅުތަކުގެ ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ ފޮށިތައް ކަމަށް ކޯލިޝަނުން ހާމަކުރައްވައެވެ.

މި ފޮށިތަކުގެ އިތުރުން ވިލިމާލެ ޔޫތު ސެންޓަރާއި، ހުޅުމާލެ ކާމިލް ދީދީ ސްކޫލާއި ރެހެންދި ސްކޫލުގައިވެސް ވޯޓުފޮށިތައް ވަނީ ބަހައްޓައިފައެވެ.

މިއަދު ކުރިއަށް މިދާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި  71،597 މެންބަރުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކަމަށް އެކޯލޝަނުން ހާމަކުރާއިރު، މިއަދުގެ ވޯޓުލުން ނިމުމާއިއެކު ކޮންމެ ފޮށްޓެއް ކައިރީގައިވެސް ވަގުތީ ނަތީޖާ އިޢުލާން ކުރާނެކަމަށް ޕީޕީއެމް/ޕީއެންސީން ވަނީ ބުނެފައެވެ.

މި އަދު މި ބޭއްވޭ ޕަރްއިމަރީގެ ރަސްމީ ނަތީޖާ ހަފްތާއެއްގެ ތެރޭގައި އިޢުލާންކުރާނެ ކަމަށްވެސް  ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ޔަހުޔާ
ވޯޓު ގުނަން ހަފުތާއެއް. ސާބަހޭ މުއިއްޒު ސްޕީޑް ދޯ
27 Jan 2024
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.