އިބްރާހީމް އިސްމާޢީލް (އިބުރާ)
ހަބަރު
27 Jan 2024 | 17:06
މަޖިލިސް މެންބަރުންނަކަށް ދާއިރާގެ ކަމެއް ނުކުރެވޭނެ، އެހަދަނީ ދޮގު: އިބުރާ

މަޖިލިސް މެންބަރުންނަށް ދާއިރާގެ ކަމެއް ނުކުރެވޭނެ ކަމަށާ، އެބޭފުޅުންނަކީ ގައުމީ މަސައްކަތުއް ކުރައްވާ ބައެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އައު ޤާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ މިފަދައިން ވިދާޅުވެފައިވަނީ މި މަޖިލިސް އިންތިޚާބުގައި، "ދާއިރާއަށް ހެޔޮ ބަދަލެއް" ނޫނީ "ދާއިރާގެ ކަންތައްތައް ކުރިއަރުވަން" މެންބަރަކު ހޮވާ ވާހަކަ ދައްކަނީ މަޖިލިހުގެ މަސައްކަތް ނޭނގޭ މީހުންކަމަށް ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އިބުރާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި މަޖިލިސްއަށް ވާދަކުރައްވާ ގިނަ ފަރާތްތަކުން އެންމެ ހަރު އަޑު ދައްކަމުންދާ ވާހަކައަކީ އެފަރާތްތައް މަޖިލިހަށް ހޮވިއްޖެ ނަމަ ކުރިމަތިލާ ދާއިރާއަށް ކޮންދޭނެ ކަންތައްތަކުގެ ވާހަކައެވެ. މިޖިލަހަށް ވަދަކުރާ ދާޢިރާ ކުރިއެރުވުމަށް ކުރާނެ ކަންތައްތަކުގެ ވާހަކައެވެ.

މިދުވަސް ކޮޅަކީ މަޖިލިހަށް ވާދަކުރުމަށް ބޮޑަތި ޕާރޓީތަކުގެ ޕްރައިމަރީތައް ބާއްވާ ދުވަސްކޮޅު ކަމުން މުޅި ސޯސަލް މީޑިޔާގައިވަނީ ކެމްޕެއިންގެ އޮއިވަރެއް ފެށިފައެވެ.

މަޖިލަހަށް ކުރިމަތިލައްވާ ފަރަތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވަމުން އިބުރާ ކުރެއްވި އެކްސް ޕޯސްޓު ނިންމާލަންވަމުން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންނަކީ ޤައުމީ ނިންމުންތައް ނިންމާ ބައެއް ކަމަށެވެ.

"މަޖިލިސް އިންތިޚާބުގައި، "ދާއިރާއަށް ހެޔޮ ބަދަލެއް" ނޫނީ "ދާއިރާގެ ކަންތައްތައް ކުރިއަރުވަން" މެންބަރަކު ހޮވާ ވާހަކަ ދައްކަނީ މަޖިލިހުގެ މަސައްކަތް ނޭނގޭމީހުން. މަޖިލިސް މެންބަރުންނަކަށް ދާއިރާގެ ކަމެއް ނުކުރެވޭނެ. އެހަދަނީ ދޮގު. މެންބަރުންނަކީ ޤައުމީ ނިންމުންތައް ނިންމާބައެއް. " އިބުރާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.