އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް-- ފޮޓޯ: އިލެކްޝަން ކޮމިޝަން
ހަބަރު
27 Jan 2024 | 14:46
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް އިންތިހާބު ގެ ޕްރައިމަރީ އަމާންކަމާއި އެކު ކުރިއަށް ގެންދިޔުމަށް އެދެފި

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އިންތިހާބު އަމާންކަމާއި އެކު ކުރިއަށް ގެންދިޔުމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެދިވަޑައިގެންފިއެވެ.

ހަބީބް މިފަދައިން ވިދާޅުވީ  ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، މިއަދު ބާއްވާ އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް އެދިވަޑައިގެން އެކްސްގައި ކުރައްވި ޕޯސްޓެއްގައެވެ.

މީގެ އިތުރުންވެސް ހަބީބް ވަނީ ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ގެންދެވުމަށް ވެސް އެދިލައްވާފައެވެ.

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީ ބާއްވާ 73 ދާއިރާއަށް 283 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ޕްރައިމަރީގައި 71،597 ފަރާތަކަށް ވޯޓް ލުމުގެ ހައްގު ވަނީ ލިބިފައެވެ. 

މުޅި ޖުމްލަ 227 ފޮއްޓެއް ބެހެއްޓިފައިވާއިރު މާލޭ ގައި ވޯޓް ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ:

1. ހެންވޭރު ދަނޑު (އަތޮޅުތަކުގެ ފޮށިތައް)

2. ކަލާފާނު ސްކޫލް

3. ޖަމާލުއްދީން ސްކޫލް

4. ތާޖުއްދީން ސްކޫލް

5. ވިލިމާލެ ޔޫތު ސެންޓަރު

6. ކާމިލް ދީދީ ސްކޫލް (ހުޅުމާލެ)

7. ރެހެންދި ސްކޫލް (ހުޅުމާލެ)

މިއަދު ހެނދުނު 10 ޖެހިއިރު ފެށި ޕްރައިމަރީ އަށް ވޯޓު ލުމުގެ ފުރުސަތު މިއަދު ހަވީރު 5 ޖަހަންދެން ވަނީ ހުޅުވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.