ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން-- ފޮޓޯ: ދެން
ހަބަރު
27 Jan 2024 | 17:19
ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ރައީސް ޑރ.މުއިއްޒު ބައްލަވާލައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް/ޕީއެންސީ ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާގޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސް ޑރ.މުއިއްޒު ވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހެންވޭރު ދަނޑަށް ވަޑައިގެންފައެވެ. އެތަނުގައި ހުރި 5 ޓެންޓަށް ވަޑައިގެން ކޮންމެ ޓެންޓެއްގައި ވެސް ވޯޓުލުން ކުރިއަށްދާ ގޮތް އެމަނިކުފާނު ވަނީ ބައްލަވާލައްވާފައެވެ. ހެންވޭރު ދަނޑުގައި ކުރިއަށް ދަނީ އަތޮޅު ތަކުގެ ޕްރައިމަރީ އަށް ވޯޓް ލުމެވެ.

ރައީސް ޑރ.މުއިއްޒުގެ އަރިހުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله އާއި ޓޫރިޒަމް މިނިސްޓަރ އަހްމަދު ފައިސަލް އާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްގެ އިތުރުން ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ވޯޓް ލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާއި މުޚާތަބު ކުރައްވަމުން ރައީސް ޑރ.މުއިއްޒު ވަނީ ވޯޓް ލުން ކުރިއަށްދަނީ ވަރަށް އޮމާން ކަމާއި ހަމަޖެހުމާއި އެކު ކަމަށާއި ދެތިން ދިމާލަކުން ކުޑަކޮށް ހަމަނުޖެހުންތަކެއް ފެނިވަޑައިގެން ނަމަވެސް އެކަންކަން ހައްލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕްރައިމަރީ ތަކުގައި ވާދަކޮށްގެން މޮޅުވާނީ އެކަކު ކަމަށާއި ބަލިވާ އެންމެން އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

" ޕްރައިމަރީ ތަކުގައި ވާދަކޮށްގެން މޮޅުވާނީ އެކަކު. ދެން ބަލިވާ އެންމެން ޖެހޭނެ އެކަތި ގަނޑަކަށް ވާން. ދެން އަޅުގަނޑުމެންގެ ތެރޭގައި އިގުރާރު ވެސް ވެވިފަ އޮތީ ބަލިވާ ކެނޑިޑޭޓުން މޮޅުވާ މީހަކާއި އެކީގައި ކުރިއަށްދާ ގޮތަށް. "

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވީ އިންތިހާބުތަކާއި ގުޅިގެން ކުރިން ފެނިފައިވައިވާ ހަމަނުޖެހުންތައް ނުފެނި، އެންމެން ވެސް ގައުމު އިސްކުރަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށެވެ.

މިއަދު ހެނދުނު 10 އިން ހަވީރު 5 އަށް ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި 73 ދާއިރާ އަކުން 283 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު 227 ވޯޓް ފޮއްޓެއް ވަނީ ބެހެއްޓިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.