ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ/ޕީޕީއެމް
ހަބަރު
27 Jan 2024 | 17:25
ޕްރައިމަރީ އިން މޮޅުވާ މީހާ އާއި އެކު ބަލިވާމީހާ ކުރިއަށްދާން ވަނީ އިޤުރާރުވެވިފަ: ރައީސް މުޢިއްޒު

މިއަދު ކުރިއަށް ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުމުގައި ކާމިޔާބު ހޯދާ ކެންޑިޑޭޓުންނާއި އެކު ބަލިވާ ކެންޑިޑޭޓުން ކުރިއަށް ދާގޮތަށް ކޯލިޝަންތެރޭގައި އިޤްރާރުވެވިފައިވާކަމަށް ރައީސުލް ޖުމުހުރިއްޔާ އަދި އެ ކޯލިޝަންގެ ލީޑަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު 10:00 ން ފެށިގެން ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހެންވޭރު ދަނޑަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގައި މޮޅުވަނީ ކޮންމެވެސް އެކަކު ކަމަށާއި ބަލިވާ އެންމެން މޮޅުވާ މީހުންނާއެކު އެކަތި ގަނޑަކަށް ވާން ޖެހޭނެ ކަމަށެވެ.

"ދެން އަޅުގަނދުމެންގެ ތެރޭގައި އިޤުރާރުވެސް ވެވިފަ އޮތީ، ބަލިވާ އެންމެން މޮޅުވާ މީހާއާއި އެކީގައި ކުރިއަށް ދާގޮތަށް، މިފަހަރު އުންމީދު ކުރަނީ ކުރިން ފެނުނު ފަދަ މަންޒަރުތައް ނުފެންނާނެކަމަށް " ރައީސް ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ ޕަރައިމަރީ އާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ދެ ޕާޓީ ދަފުތަރުގައި 71،000 މީހުން އެބަތިބި ކަމަށެވެ. އަދި ވޯޓުލުމުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ފޯރީގައި ވޯޓުލުމުގެ ކަންކަން ހިނގަމުންދާ ކަމަށާއި، 283 ކެނޑިޑޭޓުން ޕްރައިމަރީގައި ވާދަކުރައްވާ ކަމަށެވެ.

ރައީސް ވަނީ މިއަދު ހެންވޭރު ދަނޑަސް ވަޑައިގެން ވޯޓްލުން ކުރިއަސްދާ ގޮތް ބައްލަވާލެއްވުމަށް އެތަނުގައި ހަދާފައިވާ ފަސްޓެންޓަށް ޒިޔާރަތް ކުރައްވާ ވޯޓްލުމުގެ ކަންތައްތައް ކުރުއަށްދާގޮތް ވަރަށް ގާތުން ބައްލަވާ ލައްވާފައެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދުގެ ޕްރައިމަރީ ހިނގަމުންދަނީ ޖުމްލަ ގޮތެއްގައި ސުލްހަވެރިކޮށް ކަމަށާއި، ކުޑަކޮށް ނުތަނަވަސްކަން އުފެދުނު ތަންތަނުގައި އެކަންކަންވެސް މިހާރު ހައްލުކުރެވިގެން ސުލްހަވެރިކަމާއެކު ވޯޓުލުމުގެ ހުރިހާކަމެއްވެސް މިހާރު ހިނގަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.