މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު-- ފޮޓޯ/ މަޖިލިސް
ހަބަރު
28 Jan 2024 | 11:03
ވަޒީރުންނަށް ރުހުން ދިނުމުގައި ތަފާތުކޮށް، ޒާތީ ވެގެން ނުވާނެ: ޠާރިގު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ އެމަނިކުފާނުގެ ކެބިނެޓްގެ ވަޒީރުންނަށް ރުހުން ދެއްވުމުގައި ތަފާތު ކުރުން ގެންގުޅުއްވައި، ވަޒީރުންނާއި ޒާތީވުމަކީ، ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށާ، އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، ރުހުން ދިނުމާއި ގުޅޭގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ޓޮމް ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ބޭއްވުނު ހުރިހާ އިންތިޚާބެއް ކާމިޔާބުކުރައްވައި، ރައީސުލްޖުމުހޫރިއްޔާ ކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ރައީސުން އެކުލަވައިލެއްވި ކެބިނެޓްގެ ވަޒީރުންނަށް މަޖިލީހުން ރުހުން ދީފައިވާ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ރިޔާސީ ދައުރު ފެށުނު އިރު، ހުވާ ކުރައްވާފައި މަޖިލީހަށް ފޮނުއްވި ވަޒީރުން ފޮނުއްވި އިރު، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އެއް ނޯންނާނެ. އޭރުގައި މި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލު ކުރަމުންދިޔައީ އަޅުގަނޑުމެން ޕީޕީއެމް އާއި، ޖުމްހޫރީ ޕާޓީގެ ފަރާތުން. އެވަޒީރުންގެ މަޖިލީހުގައި ހުރިހާ ވަޒީރުންނަށް އަޅުގަނޑުމެން ރުހުން ދިނިން. 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

މިއާއެކު ޓޮމް ވިދާޅުވީ، ވަޒީރުންނަށް މަޖިލީހުން ރުހުން ދިނުމަށް ގާނޫނު އަސާސީގައި އޮންނަނީ، ތިންބާރުގެ ތެރެއިން އެއްބާރަކީ މަޖިލީހަށް ވެފައި، ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރުން 'ޗެކް' ކުރެއްވުމަށް ކަމަށެވެ. އަދި އެއީ ވަޒީރުން އައްޔަނު ކުރެއްވުމަށްފަހު، ވަޒީރުން ކުރާ ކަންކަމަށް ފާރަވެރި ވުމަށް ކަމަށްވެސް ވިދާޅުވި އެވެ.

އަދި މަޖިލީހުގެ ކޮމިޓީން ވަޒީރުން ޗެކް ކޮށް، އެ ވަޒީރުންނަށް ރުހުން ދިނުމުން މަޖިލީހުގެ ތަޅުމުންވެސް ރުހުން ދޭން ޖެހޭ ކަމަށާ، އެ ރުހުން ދިނުމުގައި ތަފާތުކުރުން ގެންގުޅެ ޒާތީ ވުމަކީ ކޮށްގެން ނުވާނެ ކަމެއް ކަމަށް ޓޮމް ވިދާޅުވި އެވެ. 

ބައެއް ވަޒީރުންނަކީ ރަށްރަށަށް ނިސްބަތްވާ ވަޒީރުންނަށް ވީތީ، އެވަޒީރުންނަށް ތަފާތުކޮށް ކަންކަން ކޮށްފައި, ބައެއް ވަޒީރުންނަކީ ތައުލީމް ހާސިލްކުރަން ރާއްޖެއިން ބޭރުގައި ގިނަދުވަސް ހޭދަކުރައްވާފައިޗާ ބޭފުޅުންނަށް ވީތީ ތަފާތުކޮށް، ނުވަތަ ބައެއް ވަޒީރުންނަކީ ބައެއް ސިޔާސީ ލީޑަރުން ހިތްހަމަ ނުޖެހޭ ބޭފުޅުންނަށް ވީތީ އެމީހުންނާ ދޭތެރޭ ތަފާތު ކުރުމަކީ ގާނޫނު އަސާސީ ދަންނަ ގޮތެއް ނޫން. އެއީ ޑިމޮކްރެޓިކް އުސޫލެއްވެސް ނޫން. 

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

ޓޮމް ވިދާޅުވީ، އެމްޑީޕީ އަކީ ތަޞައްރަފް ފުދިފައިވާ އަދި ދެފަހަރު މަތިން ވެރިކަންވެސް ކޮށްފައިވާ ޕާޓީއަކަށް ވާއިރު, އެ ޕާޓީން ޒިންމާދާރުވާން ޖެހޭ ކަމަށާ، އޭގެ ބަދަލުގައި ޒާތީވެ، ވަކި ވަޒީރަކަށް ރުހުން ނުދޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ. 

ޒާތީ ވެގެން ވަކި ވަޒީރަކަށް، ނުވަތަ ވަޒީރުންތަކަކަށް ނުވަތަ ވަކި ގައުމަކުން ބުނީތީ ނުރުހުންވެ ވޯޓުދޭން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާވެސް މަސައްކަތް ކުރަނީ ދިވެހި ގައުމަށް ހިދުމަތް ކުރުމަށް. އަޅުގަނޑުމެންގެ ރައީސުލްޖުމްހުރިއްޔާ އެކުލަވާލާފައިވާ، މި ތަނަށް ފޮނުވާފައިވާ ކެބިނެޓު ވަޒީރުންވެސް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ހައްގުގައި.

މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު 

މިއާއެކު ޓޮމް ވިދާޅުވީ އެމްޑީޕީގެ ތަސައްވުރާއި، ތަރައްގީގެ ޕްލޭން ޕީޕީއެމް/ޕީއެންސީ އާއި އެއްގޮތް ނުވެދާނެކަމަށާއި، ނަމަވެސް ރައްޔިތުން ނިންމާފައިވާ ނިންމުމާއި އެއްގޮތަށް ވަޒީރުނަނަށް ރުހުން ދޭން ޖެހޭނެކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.