މަޖިލީސް އެތެރެއިން ތަޅުލާފައި ހުުރުމުން ޑިމޮކްރެޓްސްގެ މެންބަރުންނަށް ބޭރުގައި މަޑުކޮށްލައިގެން އަދި މަޖިލީހުގެ ރިޔާސަތުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމް
ހަބަރު
28 Jan 2024 | 14:30
މަޖިލިސް ދޮރުތައް އެތެރެއިން ތަޅުލައި، ސަރުކާރުގެ މެންބަރުން ތަޅުމުގައި އިހްތިޖާޖު ކުރަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން  ނިންމުމާއި ގުޅިގެން ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން މަޖިލީހުގައި އެތެރެއިން ތަޅުލައި، ތަޅުމުގައި އިހުތިޖާޖު ކުރަން ފައްޓަވައިފިއެވެ.

މިއަދު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާގައި މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައިވާއިރު މިކަމާއި ގުޅިގެން މަޖިލީހުގެ ތަޅުން ވަނީ ވަރަށް ބޮޑަށް ހޫނު ވެފައެވެ. 

އެގޮތުން މި މައްސަލަ އާއި ގުޅިގެން ބަހުސް ކުރި އިރު މަޖިލިސް ތެރޭގައި މެމްބަރުން އަޑު ގަދަކޮށްފައިވާއިރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެމްބަރުން ވަނީ މަޖިލިސް ތަޅުމުގައި އަޑުގަދަކޮށް މަޖިލީހުގެ ބޭރުން ވަދެވެން ހުރި ދޮރުތައް އެތެރެއިން ތަޅުލާފައެވެ. މިކަމާއި ގުޅިގެން ޖަލްސާ ފެށުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ރުހުން ނުދޭން ނިންމުމާއި ގުޅިގެން އާންމުންވެސް ދަނީ މަޖިލީހުގެ ބޭރުގައި ތިބެ އިހުތިޖާޖް ކޮށް، ސަރުކާރު ނުހުއްޓުވޭނެ ކަމަށް ގޮވާލަމުންނެވެ.

ރައީސް ޑރ.މުއިއްޒުގެ އާ ސަރުކާރަށް ދެ މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް، ވަޒީރުންނަށް ރުހުން ދީފައެއް ނުވެއެވެ. މިއަދު ކުރިއަށްދާ ހާއްސަ ޖަލްސާގައި މި މައްސަލަ އެޖެންޑާކޮށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އާއި އެމްޑީޕީން ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ. އެ ޕާޓިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާކަމަށް ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.

ރުހުން ނުދިނުމަށް އިދިކޮޅުން ނިންމާފައިވަނީ އެޓާނީ ޖެނެރަލް އަޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.