މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް-- ފޮޓޯ: މަޖިލިސް
ހަބަރު
28 Jan 2024 | 17:05
އަސްލަމްގެ އިތުބާރު ނެތް މައްސަލަ ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުބާރު ނެތް މައްސަލަ ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށައަޅައިފިއެވެ.

މަޖިލީހުގެ 23 މެމްބަރަކު ސޮއިކޮށް ހުށައެޅި މި ގަރާރުގައި ބުނެފައިވަނީ އަސްލަމް ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި، ދުސްތޫރުން މަތކޮށްފައިވާ ޒިންމާތަކއި ޚިލާފުވާ ގޮތަށް އަމަލު ކުރައްވާކަމަށެވެ. 

އެ ގަރާރުގައިވާ ގޮތުން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އެހެން ބޭފުޅުންނަށް ރުހުން ހޯދުމަށް ފޮނުވަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މައްދާގެ ދަށުން ރައީސް ޑރ.މުއިއްޒު 19 ނޮވެންބަރު 2023 ގައި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި އެ މަހުގެ 17 ވަނަ ދުވަހު ވަޒީރުންގެ ގޮތުގައި އައްޔަން ކުރެއްވި 22 ބޭފުޅުންގެ ނަން މަޖިލީހަށް ވަނީ ހުށައަޅާފައެވެ. ނަމަވެސް މަޖިލީހުގެ ރައީސް ގެ ހައިސިއްޔަތުން އަސްލަމް އެ މައްސަލައިގެ ރިޔާސަތުގައި އިންނަވައ، އަމަލު ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 200 ވަނަ މާއްދާގެ (ބ)، (ޅ)، (އ) އާއި ޚިލާފަށް ކަން އެނގެން އޮތް ކަމަށް އެ ގަރާރުގައި ބުނެއެވެ.

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް 10 ޑިސެންބަރު 2023 ގައި ބޭއްވުނު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީން، އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމައި، އެ ރިޕޯޓް މަޖިލީހަށް ހުށައެޅި ކަމަށްވެސް ބަޔާނުގައި ވެއެވެ. މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން އެ ރިޕޯޓާއި އެކު، މަޖިލީހުގެ ރައީސަށް މައްސަލަ އެޖެންޑާ ކުރެވެން އޮންނަ އެންމެ އަވަސް ޖަލްސާއެއްގައި އެ މައްސަލައެއް ހިމަނަން ވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް އަސްލަމް އެ މައްސަލަ އެޖެންޑާ ކުރީ 2023 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 37 ވަނަ ޖަލްސާ އަށް ކަމަށާއި އެއީ އެ ރިޕޯޓު ލިބުނުތާ 8 ދުވަސް ފަސް ކަމަށް ވެސް ގަރާރުގައި ވެއެވެ.

އަސްލަމް ގެ އިތުބާރު ނެތް ކަމަށް ބުނެ މަޖިލީހަށް ހުށައެޅި ގަރާރުގައިވާ ގޮތުން، އެ ރިޕޯޓާއި މެދު އަމަލު ކުރަން ޖެހޭގޮތް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވީ ނަމަވެސް، އަސްލަމް އެ މައްސަލަ އަށް ބަހުސް ކުރުމަށް ފުރުސަތު ނުދިނުމުގެ އިތުރުން އެ މައްސަލަ އާއި ގުޅޭ ގޮތުން މެމްބަރުންގެ ވޯޓަކަށް ވެސް ނާއްސަވައެވެ. އަދި އެ ރިޕޯޓް އަނބުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީ އަށް ފޮނުވާލި ކަމަށް ވެސް އެ ގަރާރުގައި ވެއެވެ.

މީގެ އިތުރުންވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހގެ ރައީސް ގެ ހައިސިއްޔަތުން އަސްލަމް އަމަލު ކުރައްވާފައިވަނީ މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީގެ 70 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ އާއި ވެސް ކަނޑައެޅިގެން ޚިލާފަށް ކަމަށް ޕީޕީއެމް/ޕީއެންސީ ޕީޖީ ގްރޫޕް ގެ ގަރާރުގައި ވެއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް ދެމަސް ވެގެން ދިޔައިރުވެސް މި ސަރުކާރުގެ ކެބިނެޓުގައި ހިމެނޭ ވަޒީރުނަށް މަޖިލީހުން ރުހުން ދީފައެއް ނުވެއެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރަށް އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ރުހުން ނުދޭ މައްސަލަ ހޫނު ވެފައިވާއިރު މިކަމާއި ގުޅިގެން މިއަދު ބޭއްވުނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭއްވުނު ހާއްސަ ޖަލްސާގެ ތެރެއިން، މަޖިލިސް ތެރޭގައި ވަނީ ހަމަ ނުޖެހުން ތަކެއްވެސް ހިނގާފައެވެ. މިގޮތުން މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާ ކޮށްފައިވާއިރު މިކަމާއި ގުޅިގެން ބަހުސް ކުރި އިރު މަޖިލިސް ތެރޭގައި އެވަގުތުވެސް މެމްބަރުން ވަނީ އަޑު ގަދަކޮށްފައެވެ.

އޭގެ ފަހުން މަޖިލީހުގެ ތަޅުން ހޫނުވެ، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވަނީ މަޖިލިސް ތެރޭގައި އަޑުގަދަކޮށް، މަޖިލީހަށް ވަދެވެން ހުރި ދޮރުތައް އެތެރެއިން ބަންދު ވެސް ކޮށްފައެވެ. މި މައްސަލައިގެ ތެރެއިން މެމްބަރުންގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކެއްގައި، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުالله ޝަހީމް އަބްދުލްހަކީމް އަށް އަނިޔާވެ، ޝަހީމް އަށް ލިބުނު އަނިޔާ ތަކަށް ފަރުވާ ކުރުމަށް އެމްބިއުލާންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފައި ވާއިރު, އޭނާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވަޒީރުންނަށް ރުހުން ނުދޭން ނިންމައި، ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން ނިންމާފައިވަނީ އެ ޕާޓީގެ ޕީޖީން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އިދިކޮޅުން ރުހުން ނުދޭން ނިންމި ވަޒީރުންގެ ތެރޭގައި ހިމެނެނީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމްއާއި ފޮރިން މިނިސްޓަރ މޫސާ ޒަމީރުއާއި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ.ހައިދަރުއެވެ.

މި މައްސަލަ އާއި ގުޅިގެން އާންމުން ވެސް މަޖިލީހުގެ ބޭރަށް އެއްވެ އިހުތިޖާޖް ކުރިކަން ފާހަގަ ކޮށްލަންޖެހެއެވެ.

ކޮމެންޓް
ފޒ
އިތުބާރު ނެއްކަމަށް ނިއްމަންވީ އަސްލަމު އެކަންޏެށްނޫންރާއްޖޭގެރައިޔަތުން އިތުބާރު ނެއްކަމަށްނިއްމަންވީ އެންޑީޕީވެސް މުޅިގައުމު ފަސާދަކުރަނީ އެންޑީޕީ
29 Jan 2024
ބަޗީ
ރައްޔިތުންނަށް ތިޔަވާ އަނިޔާވެރިކަން ބަލަން ތިބެވޭކަށް ނެތް. މިހާރުގެ ރައްޔިތުންގެ މަޖިލިސް އުވާލައި، ރައްޔިތުން ބޭނުންވާ މަޖިލީހެއް ހޮވުމަށް އަވަސް އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންގެ ރައީސަށް ދަންނަވަން.
29 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ