އަސްލަމް ވަޒީރުން ތިއްބަވާ މޭޒުކޮޅުގައި
ހަބަރު
28 Jan 2024 | 23:35
އެންމެފަހުން މިރޭ ބާއްވަން އުޅުނު ޖަލްސާވެސް ނިންމާލަށް ޖެހިއްޖެ

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި ޖަލްސާ، މިރޭވެސް ކުރިއަށް ނުގެންދެވި އެންމެފަހުން ނިންމާލަސް ޖެހިއްޖެއެވެ.

މިއަދުގެ ޖަލްސާ ފުރަތަމަ ފެށީ ހެދުނު 9:00 ގައެވެ. އެ ދަންފަޅީގައި ވަނީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމެޓީން ނިންމިގޮތް މަޖިލިހަށް ހުށައަޅާ އެ މައްސަލާގައި ބަހުސްވެސް ކުރިއަށް ގެންގޮސްފައެވެ. އެއަށްފަހު ޖަލްސާ މެދުކަނޑާލީ މެންދުރު 1:30 ގައި ވޯޓުލާ ދަންފަޅި ފެށުމަށް ތާވަލްކުރުމަށްފަހުގައެވެ.

ނަމަވެސް 1.30 ގައި ޖަލްސާ ފަށަށް މަސައްކަތް ކުރި ނަމަވެސް  މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ހުރަސް އަޅައިފައެވެ. އަދި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުންނަށް ހަމަލާދީފައެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭންވެސް ޖެހިފައިވެއެވެ.

އޭގެ ފަހުން މިރޭގެ 08:00 ޖަލްސާ ބޭއްވުމަށް ތާވަލުކޮށް ޖަލްސާ ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް މި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ޖަލްސާ ކުރިއަށް ގެންދިއުމަށް ފުރުޞަތުދީފައެއް ނުވެއެވެ.

ނަމަވެސް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް އާއި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ މެމްބަރުންވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ. އެގޮތުން މަޖިލިހުގެ ރިޔާސަތުގައި ހަރުކޮށްފައިވާ މައިކް ސިސްޓަމް ނެތުމުން އަސްލަމް ވަޒީރުން ތިއްބަވާ މޭޒުކޮޅު ގާތު އިންނަވައިގެން 10.30 ގައި ޖަލްސާ ކުރިއަށްގެންދެވުމަށް މަސައްކަތް ކުރެއްވިއެވެ.

މަޖިލިހުގެ  ދެ މެމްބަރަކަށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތް ދެއްވައި،  އެއަށް ފަހުވެސް ޖަލްސާކުރިއަށް ގެންދެވޭނެ މާހައުލެއް މަޖިލިސް ތެރޭގައި ނެތުމުން 10.57 ހާއިރު އަސްލަމް ވަނީ ޖަލްސާކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވެ އެންމެފަހުން ޖަލްސާ ނިންމަވާލެއްވިކަން އިއުލާނު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.