ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
29 Jan 2024 | 11:18
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ބާއްވާ ޖަލްސާ މިއަދު 1 ޖަހާއިރު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލިހުން ބާއްވާ ޖަލްސާ މިއަދު މެންދުރު ފަހު 1:00 އަށް ފަސްކޮށްފިއެވެ.

މީގެ ކުރިން މި ޖަލްސާ މިއަދު ބާއްވަން ކަނޑައަޅާފައި އޮތީ މިއަދު 11 ޖަހާއިރުއެވެ.

ނަމަވެސް މިހާރު 1:00 އަށް ފަސްކޮށް އެޖެންޑާ ނެރެފައިވާއިރު، އެޖެންޑާގައި ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ.

މިއީ ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ޖަލްސާ ބާއްވަން މަސައްކަތް ކުރާ ދެވަނަ ދުވަހެވެ.

އެގޮތުން އިއްޔެގެ މަޖިލިހުގެ ޖަލްސާ އެންމެ ފުރަތަމަ ފެށީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާގައި ކޮމިޓީ ރިޕޯޓު ހުށަހަޅައި މަޖިލިހުގެ މެމްބަރުންގެ މެދުގައި އެ ރިޕޯޓަށް ބަހުސް ކުރައްވަމުން ދިޔަ ވަގުތު މަޖިލިސް ހޫނުވާން ފެށުމުން ޖަލްސާ މެދުކަނޑާލީ މެންދުރު ފަހު 1:30 ގައި ވޯޓަށް އެހުމަށެވެ.

ނަމަވެސް 1:30 ގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ މެމްބަރުން ފުރަތަމަ ވެސް ވަނީ މަޖިލިހުގެ ކޮންޓްރޯލް ނަގައި މަޖިލިހުގެ ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިފައެވެ. އޭގެ ފަހުން ބޭރުގައި ތިބި މެންބަރުންނަށް ވަދެވިފައި ވީ ނަމަވެސް، މަޖިލީހުގެ ތަޅުމުގައި ތިބި އެމްޑީޕީ މެންބަރުންނާއި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމުގެ ސަބަބުން އެ ގަޑީގައި ޖަލްސާ ކުރިއަށް ނުގެންދެވި ރޭގައި ބާއްވާ ގޮތަށް ފަސް ކުރެވުނެވެ.

އަދި ރޭގައިވެސް ދެ ފަހަރެއްގެ މަތިން ޖަލްސާ ބާއްވަން މަސައްކަތް ކުރި ނަމަވެސް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.