ޕީޕީއެމް/ޕީއެންސީގެ ޕީޖީ-- ފޮޓޯ: ދެން
ހަބަރު
29 Jan 2024 | 18:47
ރައީސް އަޒުލު ކުރުމަށް ފުރުސަތެއް ނުދޭނަން: ޕީޕީއެމް/ޕީއެންސީ ޕީޖީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަޒުލު ކުރުމަށް ފުރުސަތެއް ނުދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޕީޖީން މިފަދައިން ބުނީ މިއަދު ކުރިއަށް ދިޔަ އެ ގްރޫޕް ގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭދަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ރައީސް ޑރ.މުއިއްޒު އަޒުލް ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފަ ރައީސް އަޒުލު ކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. އެހެން ހީކޮށްގެން ނުވާނެ. ސޮއިކޮށްލާފަ އެހެން ލިޔަކަސް އެ ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން."

މެމްބަރު ސަލީމް ވިދާޅުވިއެވެ.

މެމްބަރު ސަލީމް ގެ އިތުރުންވެސް ޕީޕީއެމް/ޕީއެންސީގެ ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިޤު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުންވެސް އެމްޑީޕީން ބޭނުންވާގޮތަށް ކަންކަން ނުދާނެކަން އިނގޭ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުން ނިންމަމުންދާ މަޖިލީހެއް ނިމެން ދޮޅު މަހަށް ވެފައިވާއިރު، މި ދައުރުގައި ހިމެނޭ ގިނަ ބޭފުޅުން 20 ވަނަ ދައުރަށް ވާދަ ނުކުރައްވަނީ ނުހޮވޭނެކަން އެނގިވަޑައިގަންނަވާތީ ކަމަށް ވެސް ތާރިޤު ވިދާޅުވިއެވެ. އަދި ވާދަ ކުރައްވާ މެމްބަރުންގެ ތެރޭގައި ވެސް ގިނައީ ޕްރައިމަރީގައި އެމްޑީޕީން ނުހޮވޭނެ މެމްބަރުން ކަމަށެވެ. އެހެންކަމުން ނިމެމުންދާ މަޖިލީހަކުން ރައީސް ޑރ.މުއިއޒު އަޒުލް ކުރަން އުޅުނަސް އެކަން ނުވާނެ ކަމަށް ތާރިޤު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕައި މިއަދު ވެސް އެބޭފުޅުންގެ ވިޕް ތަކާއި ޚިލާފަށް ބައެއް ވަޒީރުންނަށް ރުހުން ދިނުމުން އުފާ ކުރައްވާ ކަމަށާއި، އެކަމުންވެސް ހާމަވެގެންދަނީ އެމްޑީޕީން ބޭނުންވާހާ ގޮތަކަށް އެމްޑީޕީ ތެރޭގެ ނަންބަރު ތަކެއް ނުލިބޭ ކަން ކަމަށް ތާރިޤު ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަކީ 87 ކަމަށްވީ ނަމަވެސް ރައީސް ޑރ.މުއިއްޒު ގެ ސަރުކާރުގެ އިސްމަގާމް ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމާއި ގުޅިގެން މި އަދަދު ދަށްވެފައިވާކަން ފާހަގަކުރައްވާ، ތާރިޤު ވިދާޅުވީ އެމްޑީޕީން ރައީސް އަޒުލު ކުރުމަށް ހުށަހަޅާ ގަރާރުގައި މެމްބަރުންގެ ސޮއި ހަމަވާކަމަށް ބުނަނީ މިހާރު މަޖިލީހުގައި މެމްބަރުން ތިބި އަދަދު ކަމަށް ކަނޑައަޅާފައި ކަމަށްވާނަމަ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ނިންމާފައި ހުރި ނިންމުން ތަކާއި ޚިލާފު ވާނެ ކަމަށެވެ.

އަދި ގާނޫނު އަސާސީ ގައި ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރުމާއި ހިސާބަށް ދާނީ 56 ނުވަތަ 57 މެންބަރުން ވެގެން ކަމަށާއި މި މައްސަލަ ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް ހުށައަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

އިތުރަށް ތާރިޤު ވިދާޅުވީ ރައީސް އަޒުލު ކުރުމަށް ބޭނުންވާ އަދަދު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އެއްވިޔަސް ހަމަނުވާނެ ކަމަށާއި އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އަކު އަޒުލް ކުރާ ޕެޓިޝަން ގައި ސޮއި ނުކުރާނެ އެތައް މެމްބަރުން ތަކެއް އެ ދެ ޕާޓިގައި ތިބޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ