މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވަނީ-- ފޮޓޯ: ޕީޕީއެމް
ހަބަރު
31 Jan 2024 | 10:03
ޕީޕީއެމް/ޕީއެންސީ ގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ރައީސް ޑރ.މުއިއްޒު ބައްދަލުކުރައްވައިފި

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް ޕްރައިމަރީ ކާމިޔާބު ކުރެއްވި ބޭފުޅުންނާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް، ރައީސުލްޖުމްހޫރިއްޔާަ ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް އިއްތިހާދުން ބުނީ ރޭ ރައީސް ޑރ.މުއިއްޒު ޕްރައިމަރީގައި ކާމިޔާބު ހޯދި ކެންޑިޑޭޓުންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒުގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޒް  ހުސައިން މުހައްމަދު ލަތީފް އާއި، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި ޕީޕީއެމް/ޕީއެންސީ ލީޑާޝިޕްގެ ބޭފުޅުން ވަނި ބައިވެރިވެވަަޑައިގެންފައެވެ.

މިމަހުގެ 27 ވަނަ ދުވަހު އެ ކޯލިޝަނުން ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ ކޯލިޝަން ތަމްސީލު ކުރާ ފަރާތެއް ހޮވުމަށް ބޭއްވި ޕްރައިމަރީގެ ގެ ވަގުތީ ނަތީޖާ ވަނީ އިއްޔެ އާންމުކޮށްފައެވެ.

ޕީޕީއެމް/ޕީއެންސީގެ މަޖިލީސް ޕްރައިމަރީގައި 73 ދާއިރާ އަކުން 283 ކެނޑިޑޭޓެއް ކުރިމަތިލިއެވެ. 

އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަދުވެގެން 62 ގޮނޑި ކާމިޔާބުކުރުން ކަަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ފްރާންސް މޮޅުވިމެ ޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.