މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ-- ފޮޓޯ: މަޖިލިސް
ހަބަރު
31 Jan 2024 | 11:45
ފިލްޒާއާކީ އެވަގުތު ރިޔާސަތުގައި ހުންނަ މީހެއް އެދޭ ކޮންމެ ގޮތަކަށް ޤާނޫނީ ލަފާ ނެރެދޭ މީހެއް: ސިރާޖް

މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ އަކީ އެވަގުތެއްގަައި މަޖިލީހުގެ ރިޔާސަތުގައި ހުންނަ މީހެއް އެދޭ ކޮންމެ ގޮތަކަށް ޤާނޫނީ ލަފާ ނެރެދޭ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

މޫސާ ސިރާޖް މިފަދައިން ރުހުން ނުލިބުނު ވަޒީރުންގެ ނަންތައް އަލުން ނުފޮނުވޭނެ ކަމަށް ފިލްޒާ ވިދާޅުވި ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވުމާއި ގުޅިގެންނެވެ.

މިގޮތުން ސިރާޖް ވިދާޅުވީ އެމްޑީޕީއިން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވެސް ސާފު އިބާރާތުން ފިލްޒާ ދީފައިވާ ޤާނޫނީ ލަފައަކީ ޤާނޫނުއަސާސީއާއި މަޖިލިސް ގަވައިދާ ހިލާފު ލަފައެއް ކަމުގައި ފާހަގަ ކޮށްފައިވާ ކަމަށެވެ.

"މި ވަގުތު ރައްޔިތުންގެ މަޖިލީގެ ކައުންސެލް ޖެނެރަލްގެ މަޤާމުގައި ހުންނެވި ފިލްޒާއާކީ އެވަގުތެއްގަައި މަޖިލީހުގެ ރިޔާސަތުގައި ހުންނަ މީހެއް އެދޭ ކޮންމެ ގޮތަކަށް ޤާނޫނީ ލަފާ ނެރެދޭ މީހެއް. އެމްޑީޕީއިން އެންމެ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައިވެސް ސާފު އިބާރާތުން ފިލްޒާ ދީފައިވާ ޤާނޫނީ ލަފައަކީ ޤާނޫނުއަސާސީއާއި މަޖިލިސް ގަވައިދާ ހިލާފު ލަފައެއް ކަމުގައި ފާހަގަ ކޮށްފައިވޭ."

ސިރާޖް ވިދާޅުވިއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިގޭ ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން މަޖިލީހުގެ ރައީސާއި، އަމީންއާންމު އަދި ކައުންސެލް ޖެނެރަލް އާ އެކު ބޭއްވުނު ބައްދަލުވުމެއްގައި އޭނާ ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެ ބައްދަލުވުމުގައި، ވަޒީރުންގެ ނަންތައް ދެން އަލުން މަޖިލީހަށް ނުފޮނުވޭނެ ކަމަށް ފިލްޒާ ވަރަށް ސާފުކޮށް ވިދާޅުވި ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މިވާހަކަ ދޮގު ކޮށްފައެވެ. މި ގޮތުން މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ހަސަން ޒިޔާއު ވިދާޅުވީ، އެ މައްސަލައިގައި ފިޒްލާ އެފަދަ ލަފައެއް ދެއްވާފައި ނުވާ ކަމަށެވެ.

ރައީސް ޑރ.މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވި 22 ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން، 3 ބޭފުޅުން ފިޔަވާ ބާކީ ތިބި ހުރިހާ ބޭފުޅުންނަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

މަޖިލީހުން ރުހުން ދޭން ނުފެންނަ ކަމަށް ނިންމި ތިން ބޭފުޅުންނަކީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރެވެ. އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ މި ތިން ބޭފުޅުން ވެސް އަލުން ހަމަ އެ މަގާމް ތަކަށް އައްޔަނު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.