10 Mar 2019 | 23:43
ޔުނައިޓެޑް ބަލިނުވެ ހިފަހައްޓަމުންއައި ރެކޯޑް އާސެނަލް ނިމުމަކަށް ގެނެސްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ޔުނައިޓެޑް ބައްދަލުކުރި މެޗް 2-0 ކުން އާސެނަލް ކާމިޔާބުކޮށް ވަގުތީ ކޯޗް ޝޯލްޝާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ލީގުގައި ބަލިނުވެ ހިފައްޓަމުންއައި ރެކޯޑް ނިމުމަކަށް ގެނެސްފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ އާސެނަލްއަށް ކުރި ހޯދަދިނީ ޒަކާ ދުރުން ފޮނުވާލި ރީތި ބޯޅައަކުންނެވެ. މި ގޯލަށް ފަހުވެސް ޔުނައިޓެޑަށް ފުރަތަމަ ހާފުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މި ނަތީޖާގައި އޮވެ ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު ޔުނައިޓެޑްވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފެވެ. އެގޮތުން ލުކާކޫއަށް ގޯލް ޖަހަން ލިބުނު ރަނުގެ ފުރުސަތު ފާހަގަކޮށްލެވެއެވެ.

އާސެނަލްގެ ލީޑް ދެ ގޯލަށް ފުޅާ ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އޮބާމެޔާންގްއެވެ. އާސެނަލްއަށް މި ޕެނަލްޓީ ލިބުނީ ޔުނައިޓެޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ފްރެޑް އާސެނަލްގެ ފޯވަޑް ލަކަޒެޓްއަށް ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެންނެވެ.

އާސެނަލް މި މެޗުން ކަށަވަރުކުރި 3 ޕޮއިންޓާއެކު އެޓީމްވަނީ ޔުނައިޓެޑް ވައްޓާލުމަށްފަހު ތާވަލުގެ ހަތަރުވަނައަށް އަރާފައެވެ. އާސެނަލްއަށް 60 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް ފަސްވަނައިގަ އޮތީ 58 ޕޮއިންޓާއެކީއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ޚަދްލަޖް ބްރޭންޑުގެ އައު ސެންޓުތަކެއް ރާއްޖެއަށް ތަޢާރަފުކޮށްފި
ދުބާއީގެ މަޝްހޫރު ލަގްޒަރީ ސެންޓު ބްރޭންޑް "ޚަދްލަޖް" ގެ އައު ސެންޓުތަކެއް، އެ ބްރޭންޑުގެ ރާއްޖޭގެ ހަމައެކަނި އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ޕޮއިސް ޑިސްޓްރިބިއުޓާރސް އިން ބާޒާރަށް ނެރެ ވިއްކަން ފަށައިފިއެވެ.
17 Sep 2026
ޗައިނާގެ އެންމެ ބޮޑެތި ބްރޭންޑްތަކުގެ ނަމުގައި "އަލީ" ހިމެނެނީ ކީއްވެ؟
1999 ވަނަ އަހަރު ޖެކް މާ (މާ ޔޫން) އެނާގެ 17 ރައްޓެހިންނާ އެކު ޗައިނާގެ ހެންޒޯގައި ހުރި އެޕާޓްމެންޓެއްގައި އަލީބާބާ ޑޮޓް ކޮމް އުފެއްދެވީ ވިޔަފާރިތައް ގުޅުވައިދޭ ޕްލެޓްފޯމެއްގެ ގޮތުގައެވެ. މި ނަން ނެގީ ޢަރަބި ފޯކްލޯ ވާހަކަ "ހާސް އެއް ރެއެއްގެ ވާހަކަ" ގައި ހިމެނޭ ޢަލީ ބާބާ ކެރެކްޓަރުންނެވެ. އެ ވާހަކައިގައި ޢަލީ ބާބާ އަކީ ފަޤީރު ދަރު ކެނޑުންތެރިއެއް ކަމަށާއި ވަގުންގެ ހޮހޮޅައެއްގެ ސިއްރު ހޯދައި "ހުޅުވާ ސިމްސިމް" މި ޖާދޫ ޢިބާރާތުން އެ ހޮހޮޅައަށް ވަންނަ ވާހަކައެވެ.
17 Sep 2026
ކުރީ ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ އެއްކޮށް ދައްކައ
ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން އެމެރިކާ ޑޮލަރުގެ ފެސިލިޓީ ދިވެހި ސަރުކާރުން އެއްކޮށް ދައްކައި ޚަލާޞްކޮށްފިއެވެ.
17 Sep 2026
ކުރިއަށް މިއޮތީ "މަގޭ ބިޓުގެ ވެޑިން" ގެ ވަދާޢީ ތިން ޝޯ
ކުރިއަށް އޮތީ ހަފްތާ ބަންދުކަމުން ބާރުބޮޑުވާނެތީ ޓިކެޓް ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 9911229 ނަންބަރަށް ވައިބަރ ކުރުމުން ޓިކެޓް ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ
17 Sep 2026
ފުވައްމުލަކަށް ޑައިވިންގ އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެއްޖެ
އެ ޓޫރިސްޓު ހެނދުނު 9:02 ގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ. އެ މީހާ ޑައިވިންއަށް ފޭބީ ހެނދުނު އަށެއް ޖެހި ހާއިރު ކަމަށް އެނގިފައިވެއެވެ.
17 Sep 2026
ޕީއެންސީގެ ރިޔާސީ ޓިކެޓް މުޢިއްޒަށް ދިނުމަށް ގަރާރެއް ހުށަހެޅައިފި
2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒަށް ޕީއެންސީގެ ޓިކެޓް ރަސްމީކޮށް އެރުވުމަށް އެދި އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައި، އެކަމާ މެދު ގޮތެއް ނިންމުން ކުރިއަށް އެބައޮތެވެ.
17 Sep 2026
ހޫތީންނާ އެމެރިކާގެ އޮފިޝަލުންގެ ސިއްރު ބައްދަލުވުމެއް
ޔަމަނުގެ ހޫތީން އޮމާންގައި އެމެރިކާގެ އޮފިޝަލުންނާ މިދިޔަ ހަފުތާ ބަންދުގައި ބައްދަލުކޮށް، އެމެރިކާއާއި އިސްރާއީލުގެ އުޅަނދުތަކަށް ހަމަލާނުދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަސް މަސްދަރަކުން ހާމަކޮށްފިއެވެ.
17 Sep 2026
ޖަޕާނުގައި 100 އަހަރުން މަތީ މީހުންގެ ޢަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ
މިއީ މިދިޔަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް 8,000 މީހުންގެ އިތުރުވުމެކެވެ. އެ ޤައުމުގެ އެންމެ ދުވަސްވީ އަންހެން މީހާއަކީ ކިޔޯޓޯއަށް ނިސްބަތްވާ ޢުމުރުން 114 އަހަރުގެ ފޫޔޯ ކިޝިމޯޓޯއެވެ. އެންމެ ދުވަސްވީ ފިރިހެން މީހާއަކީ ކުމަމޯޓޯގެ 112 އަހަރުގެ ހިކާރޫ ކާޓޯއެވެ.