ލިއޯ ކުންފުންޏާއި ވީޗައި ކުންފުންޏާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މިނޫސް
ހަބަރު
31 Jan 2024 | 13:14
ޗައިނާގެ އިންޖީނު އުފައްދާ އެންމެ ބޮޑު ކުންފުނިން ރާއްޖޭގައި އިންވެސްޓް ކޮށްފި

މެޝިނަރީ އާއި ހެވީ ހެވިކަލް އުފައްދަން މަޝްހޫރު ޗައިނާގެ ވީޗައި ގްރޫޕުން ރާއްޖޭގެ ލިއޯ ކުންފުންޏާ ގުޅިގެން ރާއްޖޭގައި އިންވެސްޓް ކޮށްފި އެވެ.

މިގޮތުން އެ ކުންފުނިން ރާއްޖޭގެ ލިއޯ ގްރޫޕާ ގުޅިގެން ވިޔަފާރި ފެށުން ފާހަގަ ކުރަން ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ވީޗައި ގްރޫޕާއި ރާއްޖޭގެ ލިއޯ ކުންފުންޏާއި ދެމެދު ވަނީ އެ ކުންފުނީގެ އުފެއްދުންތައް ރާއްޖޭގައި ވިއްކައި ވިޔަފާރި ފުޅާކުރަން އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި  ޗައިނާ ސަފީރު، ވެންގް ލިޒިން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. ހަފުލާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވަޑައިގަތީ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް މުހައްމަދު އަލީ ޖަނާހު ވަނީ ދިވެހިންނަކީ ލިބޭ ފުރުސަތުގެ ބޭނުން ހިފައި ދުނިޔޭގެ އެކި ގައުމުތަކުގައި ވިޔަފާރި ކުރަން ދަންނަ ބައެއް ކަން ލިއޯ ކުންފުނީގެ ކުރިއެރުން އައި ގޮތުން އެނގިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

އެއްބަސްވުން ތަކުގައި ސޮއި ކުރެއްވުމަށް ފަހު ލިއޯ ކުންފުނީގެ ވެރިޔާ ސަވާދު ވިދާޅުވީ ވީޗައި ކުންފުންޏާ ގުޅިގެން ގެންނަ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އިންޖީނަކީ ތެލުގެ ހަރަދު ކުޑަ ރާއްޖެއަށް އެކަށީގެންވާ އުފެއްދުމެއް ކަމަށެވެ.

"މިއީ މޮޅު އުފެއްދުމެއް. ހަމައެއާއެކު ތެލުގެ ހަރަދު 30 ޕަސެންޓް ވަރު ކުޑަވާނެ މި އިންޖީނުތައް" 

ސަވާދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޗައިނާގައި 1940 ގެ އަހަރުތަކުގެ ކުރީކޮޅު އުފެދިފައިވާ ވިޗައި ކުންފުނީގެ އުފެއްދުންތައް ވެސް ވަނީ ދައްކާލާފައެވެ.

އަހަރަކު 46 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދާނީ އެއް ހޯދާ ވީޗައި ގްރޫޕަކީ އެމެރިކާ އަދި އިނގިރޭސިވިލާތާއި ޖަރުމަނުގައި ވެސް ފެކްޓަރީ ހަދައިގެން އިންޖީނާއި ހެވީ ވެހިކަލް އުފައްދާ ކުންފުންޏެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.