އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާއެއްގެ ތެރެއިން--
ހަބަރު
02 Feb 2024 | 08:46
ރަނުގެ ފުރުސަތެއް- ޗައިނާއިން މާސްޓާސްއަށް ކިޔެވުން ހިލޭ

ޗައިނާ ސަރުކާރުން ހުރިހާ ހަރަދެއް ކުރާގޮތަށް ދިވެހިންނަށް މަސްޓާސް އަށް ކިޔެވުމުގެ 200 ސްކޮލަޝިޕަށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ޗައިނީޒް ސްކޮލާޝިޕް ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ "ޔޫތް އޮފް އެކްސެލެންސް ސްކީމް އޮފް ޗައިނާ ޕްރޮގްރާމް" ގެ ދަށުން ދޫކުރާ ސްކޮލާޝިޕްތަކުގެ ހުރިހާ ހަރަދެއް ދެނީ އެ ކައުންސިލުން ކަމަށާއި އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް އޮތް ކަމަށް ޗައިނާ އިން އަންގާފައިވާ ކަމަށެވެ.

މަތީ ތައުލީމާއި ބެހޭ ވުޒާރާގެ އިއުލާނުގައިވާ ގޮތުން އެއް އަހަރު ދުވަހުގެ އެ ސްކޮލާޝިޕްގައި ބައިވެރިވުމަށް ބޭނުންވާ ނަމަ އަންނަ އޭޕްރީލް 15ގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހަޅަށް ޖެހެއެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ ޗައިނާގެ 78 ޔުނިވާސިޓީއެއްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމާށާއި،  ކޯހަށް ހޮވޭ މީހުން ރާއްޖެ އިން ފުރުމުގެ ކުރިން އެ މީހަކު ބައިވެރިވާ ކޯސް ހިންގާ ޔުނިވާސިޓީ އާއި ކޯހަކީ ރާއްޖޭގެ އެމްކިޔުއޭ ގަބޫލުކުރާ ކޯހެއްތޯ ޔަގީން ކުރުމަށް އެދޭކަމަށެވެ.

ޚިދުމަތުގައި ތިއްބެވުމަށްފަހު ކޯހަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން ކޯހަށް ހޮވިއްޖެ ނަމަ އެކޯހަކީ ކަމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ އަދި އެ އިދާރާއަކުން ގަބޫލުކުރާ ކޯހެއްކަން ޔަގީން ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެ ސްކޮލާޝިޕްތަކަށް ކުރިމަތި ލެވެނީ ޑިގްރީ ނިންމާފައިވާ އުމުރުން 45 އަހަރު ނުވާ މީހުންނަށެވެ.

މައުލޫމާތު ލިބިފައިވާ  ގޮތުގައި ޗައިނާއިން ހަމަޖެހިގެން މި ދިޔަ ފުރުސަތަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް  ރައީސް ޑރ.މުހައްމަދު މުއިއްޒު ދާދި ފަހުން  ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއި ގުޅިގެން ހަމަޖެހިގެން ދިޔަ ފުރުސަތެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.