ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން ތަކެއް-- ފޮޓޯ: މިހާރު
ހަބަރު
05 Feb 2024 | 12:36
ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ގެ އެއްވަނައިގައި ޗައިނާ!

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ގެ އެއްވަނަ އަށް ޗައިނާ އަރައިފިއެވެ.

ޓުރިޒަމް މިނިސްޓްރީން ހާމަ ކުރާ ފަތުރުވެރިކަމުގެ ޑެއިލީ ރިޕޯޓް އިން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި 3 ވަނައިގައި އޮތް ޗައިނާ މި އަހަރު ވަނީ 23,972 ފަތުރުވެރިންނާއި އެކު މާކެޓްގެ އެއްވަނަ ހޯދާފައެވެ. މިއާއިއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގައި ޗައިނާ ފަތުރުވެރިންގެ މާކެޓް ޝެއާ އަކީ 11.2 ޕަސެންޓެވެ.

މި ބަދަލާއި އެކު މިއަހަރު ރާއްޖޭގެ މާކެޓްގައި ކުރިން އެއްވަނައިގައި އޮތް ރަޝިއާ ވަނީ 21,898 ފަތުރުވެރިންނާއި އެކު ދެވަނަ އަށް ވެއްޓިފައެވެ. މާކެޓް ގެ ތިންވަނައިގައި އޮތީ އިޓަލީއެވެ. އެގައުމުން މި އަހަރުގެ މިހާތަނަށް 21,321 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިން ނަމަވެސް މި އަހަރު އެ ގައުމުން ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު ވަނީ މާކެޓް ގެ 5 ވަނަ އަށް ވެއްޓިފައެވެ. މިގޮތުން މި އަހަރު އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކުރީ 16,536 ފަތުރުވެރިންނެވެ.

މި މަހުގެ 3 ވަނަ ދުވަހާއި ހިސާބަށް ރާއްޖެ އަށް ޖުމްލަ 214,470 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ފާއިތުވި ދެ އަހަރާއި އަޅާ ބަލާއިރު، 13.3 ޕަސެންޓްގެ ކުރިއެރުމެކެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް ޒިޔާރަތް ކުރީ 189,332 ފަތުރުވެރިން ކަމަށް ވާއިރު 2022 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 143,876 ފަތުރުވެރިންނެވެ.

މި އަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރީ 3 ފެބްރުއަރީ ވީ ހޮނިހިރު ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 8,900 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ރާއްޖޭގައި ފަތުރުވެރިން ގާތްގަޑަކަށް 8 ދުވަސް ހޭދަކުރެއެވެ.

ރައީސް ޑރ.މުއިއްޒު މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖެ އަށް މިއަހަރު 2 މިލިއަން ފަތުރުވެރިން ގެނެވޭނެ ކަމަށް އަންދާޒާ ކުރައްވާ ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މުޅިން އަލަށް 20 ރިސޯޓު ހުޅުވައި، 2،857 އެނދު އުފެދިގެން ދިއުން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.