ދިވެހި ހައްޖާޖީންތަކެެއް-- ފޮޓޯ/ ހައްޖު ކޯޕަރޭޝަން
ހަބަރު
07 Feb 2024 | 12:43
ސައުދީގައި ކިޔަވާ ދަރިވަރުންނަށް ދިވެހި ހައްޖާޖީންނަށް އެހީވެ ހައްޖުގައި ބައިވެރި ވުމުގެ ފުރުސަތު ރަސްމީކޮށް ދީފި!

ސައޫދީގައި ކިޔަވަން ތިބޭ ދިވެހި ދަރިވަރުން، ޙައްޖު މޫސުމުގައި ހާޖީންނަށް އެހީތެރިވުމަށް ހައްޖުގައި ބައިވެރިވުމުގެ ފުރުޞަތު ދެއްވުމަށް އެދި ހުށަހެޅި ހުށެހެޅުން، ސައުދީ ހައްޖު ވުޒާރާއިން ގަބޫލުކޮށް، އެކަން ހަމަޖެހިފައިވާކަން ރަސްމީކޮށް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ. 

މިކަން އިއުލާން ކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދެވެ. 

މީގެ ކުރިން ސައުދީގައި ކިޔަވަމުންދާ ދަރިވަރުން ދިވެހި ހައްޖާޖީންނަށް އެހީވަމުން ދިޔައީ ރަސްމީ ހައިސިއްޔަތެއް ނެތިއެވެ. އެހެންކަމުން، ދިވެހި ހައްޖާޖީން ޒިޔާރަތްކުރާ ހުރިހާ ތަނަކަށް ގޮސް، ހައްޖުވުމުގެ ފުރުސަތު އެގޮތުގެ މަތިން އެ ދަރިވަރުންނަށް ނުލިބެ އެވެ. 

އެހެން ނަމަވެސް މިއަދު މި ލިބުނު ހުއްދަ އާއިއެކު، ރަސްމީކޮށް ދިވެހިންނަށް އެހީވުމުގެ ފުރުސަތު އެ ދަރިވަރުންނަށް ލިބި، ހައްޖު ވުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ވަޒީރު ޝަހީމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އިތުރަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ، ދިވެހިރާއްޖެއިން ހައްޖަށް 1000 މީހުން ދާއިރު، ސައުދީގެ އެތެރޭގައި ދިވެހިން އުޅަނދުފަހަރުގައި އަރަބިބަސް ދަންނަ ދިވެހީން މަދުވުމުން ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އެހެންކަމުން، އެ ދަރިވަރުންނަށް ރަސްމީ ހުއްދަ ލިބުމުން އެ މައްސަލަ އަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. 

ޝަހީމް ވިދާޅުވީ، މިފަދަ ރަސްމީ ހުއްދައެއް ދީފައިވަނީ ސައުދީގައި ކިޔަވަމުންދާ ވަރަށް މަދު ގައުމު ތަކަށް ކަމަށެވެ. 

އަޅުގަނޑުމެން މިނިސްޓްރީގެ ފަރާތުން ސައުދީގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލާނަން. ދެން ކޮންމެ އަހަރެއްގައި ވެސް އިރާދަކުރެއްވިޔާ ދިވެހި ދަރިވަރުންނަށް ބައިވެރި ވެވޭނެ. ކޮންމެ އަހަރެއްގައިވެސް އަޅުގަނޑުމެން ވަކި ވަރަކަށް ދަރިވަރުން އިޚްތިޔާރު ކުރާނީ. 

ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު 

އެކަމަށްޓަކައި ޝަހީމް ވަނީ ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ ތައުފީޤަށާއި ޙައްޖާއި އުމްރާ އާ ގުޅޭ ސައޫދީގެ އިދާރާތަކާއި ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީއަށް ޝުކުރު ދަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް