މެޑަމް ސާޖިދާ މުހައްމަދު
ހަބަރު
07 Feb 2024 | 20:35
މި ވެރިކަން އައުމަށްފަހު ޗައިނާއާއި އެކު އޮތް ގުޅުން ބަދަހިވާކަން ހާމަވާން ފަށައިފި: މެޑަމް ސާޖިދާ

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޗައިނާ އާއިއެކު ބާއްވަންފެށި ގާތް ގުޅުމުގެ ސަބަބުން މި ވެރިކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ވަރަށް ބޮޑަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވެފައި ވަނީ ޗައިނާ ސަރުކާރުން ކ.މާފުށީ ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކުރުމަށް މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން މެޑަމް ސާޖިދާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވަމުންދާ މަންޒަރު ފެނިވަޑައި ގަންނަވާކަމަށެވެ.

"ޗައިނާއާއި ރާއްޖެއަކީ އަބަދުވެސް ވަރަށް ގާތް ދެޤައުމު. ވެރިކަމުގެ އެންމެ ކުރީކޮޅު ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތް އެއް ޤައުމަކީ ޗައިނާ އަދި ރައީސްގެ ނައިބުވެސްވަނީ ޗައިނާއަށް މިމުއްދަތުގައި ވަޑައިގަންނަވާފައި. ކުރު މުއްދަތެއްގައި އެދެބޭފުޅުން ޗައިނާއަށް ވަޑައިގަތުމުން ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ހާމަވެގެންދޭ." 

މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވާ އިރު ސަރުކާރުގެ އިސްވެރިން ހިމެނި ވަޑައިގަންނަވާހެން ބޮޑު ވަފުދަކާއިއެކު ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ޗައިނާގެ ރައީސްގެ ދައުވަތަކަށް ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޗައިނާ އާއި ދެމެދު ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިވެސް ކުރައްވާފައެވެ.

ޗައިނާއިން މިއަދު މާފުށީ ސްކޫލަސް ހަދިޔާކުރި ތަކެތީގެ ތެރޭގައި ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޕްރޮޖެކްޓަރ، ޕްރިންޓަރު، ގޮނޑިއާއި މޭޒުގެ އިތުރުން ބާސްކެޓް ބޯޅައާއި ފުޓްބޯޅަ ކުޅެން ބޭނުންވާ އެކި ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ތަކެތި ހިމެނޭ އިރު މި ތަކެތީގެ ޖުމުލަ އަގު 625000 ރުފިޔާއަށް އަރައެވެ.

ކޮމެންޓް
محمد
الحدالله ވަރައްރަގަޅު،ޗައެނާޔާއެކީތްގުޅުންބަދަހިކުރަންވީ،އޭރުންމިރާއްޖެއަށް،ތަރައްގީއާއި ކުރިއެރުންލިބޭނީ،
08 Feb 2024
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.