އެމްޑީޕީން ވަނީ 5.6 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ދައްކަން ޖެހިފައި
ހަބަރު
10 Feb 2024 | 14:01
އެމްޑީޕީން މޯލްޑިވިއަން އަށް ދައްކަން ޖެހޭ 5.6 މިލިޔަން ރުފިޔާ ނުދައްކާގެން ކޯޓަށް ދަނީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ފަރާތުން މޯލްޑިވިއަން އިން ނަގާފައިވާ ޓިކެޓަށާއި، އަދި ޗާޓަރ ކޮށްފައިވާ ފުލައިޓްތަކަށް ދައްކަން ޖެހޭ ފައިސާ، ނުދައްކާ މައްސަލާގައި އެޕާޓީގެ މައްޗަށް ދައުވާކުރަން ޖެހިދާނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަންއިން މިހެން ބުނެފައި މިވަނީ އެކުންފުންޏަށް އެމްޑީޕީގެ ފަރާތުން ދައްކަށް ޖެހޭ ފައިސާގެ ތެރެއިން 8 ޖެނުއަރީ 2024 ގެ ނިޔަލަށް 5،629،861 (ފަސްމިލިއަން ހަލައްކަ ނަވާވިސް ހާސް އަށްސަތޭކަ ފަސްދޮޅަސް އެއް ރުފިޔާ) ރުފިޔާ ނުދައްކާ އޮތުމުން އެމްޑީޕީގެ ޗެއާރޕާޝަން ފައްޔާޒު އިސްމާއިލަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައެވެ.

އެސިޓީގައި މޯލްޑިވިއަންގެ ފަރާތުން ބުނެފައިވަނީ އައިލެންޑް އޭވިއޭޝަނާއި އެމްޑީޕީން މީގެ ކުރިން އެއްބަސްވެފައި އޮތީ ޚިދުމަތް ހޯދާ ތާރީހުން ފެށިގެން 48 ގަޑިއިރު ތެރޭގައި ފައިސާދައްކާ ހަލާސްކުރާ ގޮތަށް ނަމަވެސް އެކި ފަހަރު މަތިން ސިޓީ ފޮނުވައިގެން ވެސް އެ ފައިސާ ދައްކާފައި ނުވާކަމަށާއި، އެހެންކަމާއި އެކު މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ނުދައްކައިފި ނަމަ ޝަރުޢީ މަރުހަލާ ފަށާނެ ކަމަށް އެޕާރޓީގެ މައުލޫމާތަށްޓަކައި އަންގާކަމަށެވެ.  

މޯލްޑިވިއަންގެ ފަރާތުން އެމްޑީޕީއަށް މިފަދައިން އަންގާފައިވާއިރު އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި އެމްޑީޕީގެ ކެންޕެއިނަށް ބޭނުންކުރަމުން ދިޔަ ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން (މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތައް)  ދިޔައީ ބުނަމުންނެވެ.

އޭރު އެންމެ ބޮޑަށް އެމްޑީޕީއަށް ނިސްބަތްކޮށް ދެއްކި އެއް ވާހަކައަކީ ވެސް ކެންޕެއިން ދަތުރުތަކުގައި ސަރުކާރުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދިޔަ ކަމުގެ ވާހަކައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ