ފ.އަތޮޅު ކައުންސިލްގެ އެންމެ ފުރަތަމަ އަންހެން ރައީސާ ހައްވާ އަބްދުލް އަޒީޒު
ހަބަރު
11 Feb 2024 | 08:17
ފ.އޮތުޅު ކައުންސިލްގެ ފުރަތަމަ އަންހެން ރައީސާއަކަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ހައްވަ

ފ.އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވި އެންމެ ފުރަތަމަ އަންހެން ރައީސާ އެއްގެގޮތުގައި މިވަގުތު ވެރިކަން ކުރަމުން ގެންދާ ޕާޓީ ، ޕީއެންސީގެ ހައްވާ އަބްދުލް އަޒީޒު ވެގެން ހިނގަންޖެއެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސްކަމަށް މެންބަރަކު އިންތިޚާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޙައްވާ ޢަބްދުލްޢަޒީޒު ވެގެން ގޮސްފައި މިވަނީ ފ.އަތޮޅު ކައުންސިލްގެ ތާރީޙްގައިވެސް އެ ކައުންސިލްގެ ރައީސްކަން ކުރައްވާ އެންމެ ފުރަތަމަ އަންހެން މެމްބަރުކަމުގައެވެ.

މިއަދު ކުރިއަށް ދިޔަ ބައި-އިލެކްޝަންގައި ހައްވާ ޢަބްދުލްޢަޒީޒަށް 750 ވޯޓު ލިބިފައިވާއިރު، އެމްޑީޕީން ވާދަކުރި ކެންޑިޑޭޓަށް ލިބުނީ 722 ވޯޓެވެ.

މިއަދު ކުރިއަށް މިދިޔަ ފ.އަތޮޅު ކައުންސިލަށް ރައީސަކު ހޮވުމަށް ބޭއްވި ބައި- އިލެކްޝަންގެ އިތުރުން، ވ. ފެލިދޫ ކައުންސިލް ރައީސްގެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމާއި، އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންވެސް ކުރިއަށް ދިޔައެވެ.

އޭގެ ތެރެއިން ވ. ފެލިދޫ ކައުންސިލްގެ ރައީސަކަށް ހޮވުނީ ޕީއެންސީގެ ކެންޑިޑޭޓް ޙުސައިން ވިސާމެވެ. އޭނާއަށް ލިބުނީ 200 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ޢަބްދުއްޝަކޫރު އިބްރާހީމެވެ. އޭނާއަށް ލިބުނީ 106 ވޯޓެވެ. އަދި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޙައްވާ ޢަލީއެވެ. އޭނާއަށް 93 ވޯޓު ލިބިފައިވާއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނީ 86 ވޯޓެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ބޭއްވި ގިނަ ބައި-އިލެކްޝަންތައް ކާމިޔާބުކޮށްފައިވަނީ ޕީއެންސީއަށް ނިސްބަތްވެލައްވާ ކެންޑިޑޭޓުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.