އައްޑަނަ ވޯކްޝޮޕްގައި ކިޔަވައިދެއްވި އައްޝެއިޚު ސާޖިދު މުހައްމަދު-- ފޮޓޯ/ އަސްރު
ހަބަރު
11 Feb 2024 | 16:42
އަސްރުގެ އައްޑަނަ ވޯކްޝޯޕް: "ހާއްސަ އެހީ ބޭނުންވާ ކުދިންވެސް ހިމެނިގެން ދިޔުމަކީ ހާސިލް ކުރެވުނު ބޮޑު ލަނޑުދަނޑިއެއް"

އަލް ޢަސްރު ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މިހަފްތާ ބަންދުގައި ކުރިއަށް ގެންދެވުނު އައްޑަނަ ވޯކްޝޮޕްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންވެސް ބައިވެރި ކުރެވިގެން ދިޔުމަކީ ހާސިލް ކުރެވުނު މުހިންމު ލަނޑުދަޑިއެއް ކަމަށް، އެ ވޯކްޝޮޕްގެ ބައިވެރިންނަށް ކިޔަވައިދެއްވި އައްޝެއިޚު ސާޖިދު މުހައްމަދު ވިދާޅުވެއްޖެއެވެ. 

އުމުރުން 13 އަހަރާއި 19 އަހަރުގެ ކުދިންނަށް އަމާޒުކޮށްގެން މިމަހު 9 އަދި 10 ވަނަ ދުވަހު އަލް އަސްރުން ކުރިއަށް ގެންދިޔަ އައްޑަނަ އަޤީދާ ވޯކްޝޮޕް ގައި 60 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 8 ކުއްޖަކުވެސް ވަނީ ބައިވެރިވެފަ އެވެ. 

މި ވޯކްޝޮޕްގެ ބައިވެރިންނަށް ކިޔަވައި ދެއްވާފައިވަނީ ޝެއިޚް ސާޖިދުގެ އިތުރުން އުސްތާޛް ނިޝާމް އަންވަރެވެ. 

އައްޑަނަ ވޯކްޝޮޕްގެ ތެރެއިން--ފޮޓޯ/އަސްރު

ވޯކްޝޮޕް ނިންމާލުމަށްފަހު، ވޯކްޝޮޕާއި ގުޅިގެން "ވޮއިސް" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޝެއިޚް ސާޖިދު ވަނީ އެ ވޯކްޝޮޕަކީ ވަރަށް ކާމިޔާބު ވޯކްޝޮޕެއް ކަމަށެވެ. އެގޮތުން ވޯކްޝޯޕްގެ އެންމެ ފަހު ސެޝަނަށް ވެސް 60 އަށްވުރެ ގިނަ ބައިވެރިން ހާޒިރުވެފައިވާއިރު، އެ ބައިވެރިންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބިގެންދިޔަކަން ޝެއިޚް ފާހަގަކުރެއްވި އެވެ. 

އައްޑަނަ ވޯކްޝޮޕްގެ ތެރެއިން އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރެއް ޕްރެޒެންޓޭޝަން ހުށަހަޅައިދެނީ--ފޮޓޯ/އަސްރު

"މާތް الله ސުބުޙާނަހޫ ވަތަޢާލާ އަށް، މުސްލިމުންގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ތަފާތު އެކި ހައްގުތައް އެކި މަޢުލޫއަށް ބަހާލައިގެން ވޯކްޝޮޕް މެދުވެރިކޮށް ކިޔައިދީފައިވާއިރު، އޭގެ މަގުސަދަކީ މާތް الله ސުބުޙާނަހޫ ވަތަޢާލާގެ ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން، މަޚްލޫޤުންގެ ހައްގުތަކަށް ރައްކާތެރިވާ ކަހަލަ މުޖުތަމަޢުއެއް ބިނާ ކުރުން. " 

ޝެއިޚް ސާޖިދު މުހައްމަދު 

މިއާއެކު ވޯކްޝޮޕުން ފާހަގަކުރެވުނު ޚާއްސަ ކަންކަމަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވަމުން ޝެއިޚް ސާޖިދު ވިދާޅުވީ، އެ ވޯކްޝޮޕުގައި ބައިވެރިވެ ވޯކްޝޮޕް ނިންމި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން، ވޯކްޝޯޕްގައި ދިން ގުރޫޕް މަސައްކަތުގެ އިތުރުން ޓެސްޓްވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. 

އަދި އެއީ އެ ވޯކްޝޮޕުން ހާސިލް ކުރެވުނު މުހިންމު ލަނޑުދަޑިއެއް ކަމަށްވެސް ޝެއިޚް ވިދާޅުވި އެވެ. 

އައްޑަނަ ވޯކްޝޮޕްގައި އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 8 ދަރިވަރަކު ބައިވެރިވާއިރު، އެކުދިންނާއި އެކު، އެކުދިންގެ ވާހަކަތައް ކިޔައިދިނުމަށް އިންޓާޕްރިޓޭއެއްވެސް ވަނީ ހަމަޖައްސައިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.