ޖުމުހުރީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ބައެއް ބޭފުޅުން
ހަބަރު
14 Feb 2024 | 16:44
ޖުމުހުރީ ޕާޓީގެ ޓިކެޓްގައި މަޖިލިހަށް 10 ބޭފުޅަކު ވާދަކުރައްވަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް ޖުމުހުރީ ޕާޓީ ، ޖޭޕީގެ ފަރާތުން 10 ބޭފުޅަކު އިލެކްޝަން ކޮމިޝަނަށް ފޯމް ހުށަހަޅުންވައިފިއެވެ.

މި 10 ބޭފުޅުންގެ ތެރޭގައި ޖޭޕީގެ ލީޑަރ އަދި މާމިގިލީދާއިރާގެ މިހާރުގެ މެމްބަރ ޤާސިމް އިބުރާޙިމުވެސް ހިމެނި ވަޑައި ގަންނަވައެވެ. އޭގެ އިތުރުން ޤާސިމްގެ އަނބިކަނބަލުން އަދި ނިމިދިޔަ ރައީސް ޞާލިޙް ސަރުކާރުގެ ޓްރާންސްޕޯރޓް މިނިސްޓަރ އައިޝަތު ނަހުލާވެސް ހިމެނި ވަޑައިގަންނަވައެވެ.

ޖޭޕީ ޓިކެޓްގައި ދެން މަޖިލިހަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަމުގައި ޓްރާންސްޕޯރޓް މިނިސްޓަރުކަން ކުރެއްވި އަދި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޤާސިމް އިބުރާހިމްގެ ރަނިންގމޭޓުކަން ކުރެއްވި  ޑރ. އަމީން އިބުރާހިމާއި، ރައީސް ޞާލީޙް ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރުކަން ކުރެއްވި އަބުދުﷲ އަމީނާއި، ރައީސް ޔާމީންގެ ސަރުކާރު ގައި ހޯމް މިނިސްޓަރު ކަން ކުރައްވާފައިވާ އަޒުލީން ފާހަގަ ކޮށްލެވެއެވެ.

މި ބޭފުޅުން ހިމެނޭހެން ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުންނަކީ:

ގާސިމް އިބްރާހިމް - މާމިގިލީ ދާއިރާ

އައިޝަތު ނަހުލާ - ހުޅުމާލެ ދެކުނު ދާއިރާ

ޑރ. އަމީން އިބްރާހިމް - ހެންވޭރު ހުޅަނގު ދާއިރާ

އަބްދުﷲ އަމީން - އުނގޫފާރު ދާއިރާ

އަޒްލީން އަހްމަދު - ދުވާފަރު ދާއިރާ

އަލީ ހުސައިން - ކެންދޫ ދާއިރާ

އަބްދުﷲ އަހްމަދު - ތިނަދޫ ދެކުނު ދާއިރާ

ހުސައިން ޝަހުދީ - ނޮޅިވަރަމް ދާއިރާ

ނިޝާމާ މުހައްމަދު - ދާންދޫ ދާއިރާ

މުހައްމަދު ނަސީރު - އޭދަފުށީ ދާއިރާ

ޖޭޕީގެ ފަރާތުން ވާދަކުރައްވާ 10 ބޭފުޅުންގެ ތެރެއިން އަލީ ހުސެއިން އަކީ މިހާރުވެސް ކެންދޫ ދާއިރާ ތަމްސީލްކުރައްވަމުން ގެންދަވާ މެމްބަރެވެ. ޢަބުދުﷲ އަޙްމަދާއި، ހުސައިން ޝަހުދީ އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރައްވާފައިވާ މެމްބަރުންނެވެ.

ކޮމެންޓް
މުހަންމަދު
ވެންޓިލޭޓަރު ތަކުގެ ފައިސާތަށް ކާލި މީހުން މަޖްލިސްއަށް ނުހޮވަމާތޯ.
16 Feb 2024
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.