އެމްޑީޕީގެ ރައީސް ޞާލިޙް-- ފޮޓޯ/ އެމްޑީޕީ
ހަބަރު
18 Feb 2024 | 12:27
ގައުމުގެ މިސްރާބު ރަނގަޅެއް ނޫން؛ ލޯ މަރާލައިގެން ބަލަން ހުރެވޭކަށްނެތް: ރައީސް ޞާލިހު

ގައުމު ކުރިއަށްދާ މިސްރާބު ރަނގަޅު ނޫން ކަމަށާއި، ފުން އަދަވަޅަކަށް ވެއްޓެމުންދާއިރު ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަށް ލޯ މަރާލައިގެން ހުންނެވެން ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ، މިހާރުވެސް އެ ދާއިރާ ތަމްސީލް ކުރައްވަމުންދާ މެންބަރު ޖީހާން މަހްމޫދަށް ތާއީދު ހޯދުމަށް ހިންނަވަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

އެހޮތުން ޞާލިހު ވިދާޅުވީ، ގައުމުގެ މިސްރާބު ނުބައި މިސްރަބަކަށް ހުރިއިރު، މީގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެ ކަމާ ލޯ މަރާލައިގެން ހުންނެވެން ނެތް ކަމަށެވެ.

"ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ފަސް އަހަރު ދުވަހު. ވެރިކަން ކުރެވުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށެއް މިއަދަކު ނެތް ލޯ މަރާލައިގެން، ބަލަހައްޓައިގެން ހުރެވޭކަށް. ގައުމު މިދާ މިސްރާބު ރަނގަޅެއް ނޫން.. އަޅުގަނޑުމެން އެކީގައި އެތައް މަސައްކަތެއް ނުކޮށްފި ނަމަ މި ރާއްޖޭ ވެއްޓޭނެ ފުން އަނދަވަޅު ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް މިއަދު އެބަ ފެނޭ. އޭރުވެސް [ޕީޕީއެމް/ޕީއެންސީގެ ވެރިން] ހަދަމުން ދިޔައީ ދޮގު. މިއަދު ވެސް ހަދަމުން ދަނީ ދޮގު،"

ކުރީގެ ރައީސް ޞާލިހު

މިއާއެކު ޞާލިހު ވިދާޅުވީ ޕީޕީއެމް/ ޕީއެންސީން ވެރިކަމަށް އަންނަންވެގެން ހެދި ދޮގުތައް މިހާރު ރައްޔިތުންނަށް އެނގި ވިސްނެމުންދާ ކަމަށެވެ. އަދި އެކަމާއި މެދު މިހާރު އެ ރައްޔިތުން ހިތާމަ ކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"މިއަދު ރާއްޖޭގެ އެކި ރަށްރަށުން، އެކި ކަންކޮޅުތަކުން އެކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނާ، ދެރަވެ ކަންބޮޑުވޭ. މި ކުރެވުނީ ކީއްކަން މިއަދު ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ، މާލޭގައި ދިރިއުޅޭ މީހުންނަށް އިހްސާސްވާން ފަށައިފި،"

ކުރީގެ ރައީސް ޞާލިހު

މީގެ އިތުރުން، ރައީސް ޞާލިހު ވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި ރަށްރަށުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރު ބަދަލުވުމާ އެކު އެ ހުރިހާ މަޝްރޫއެއްހެން ހުއްޓިފައިވާ ކަމަށް އެމާނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ފަރީޝާ
سبحان الله އެހެންވިއްޔާ ޞާލިޙް ކޮންމެސް ލޯނުހުޅުވާތި އަބަދުވެސް ލޯމަރައިގެންހުރޭ ލޯހުޅުވައިފިއްޔާ މިވޭތުވެދިޔަ 5 އަހަރު ދިވެހިންނަށް ދިންއަނިޔާ 10 ގުނައައްވުރެވެސް އިތުރުވާނެ ކޮންމެސް ލޯނުހުޅުވާތި
18 Feb 2024
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.