މުހައްމަދު އިސްމާއިލް މަޖިލީހަށް ވާދަކުރައްވަން ފޯމު ހުށަހަޅުއްވަން ވަޑައިގެންނެވުން-- ފޮޓޯ/ވޮއިސް
ހަބަރު
18 Feb 2024 | 16:12
މުހައްމަދު އިސްމާއިލްގެ ކެންޕެއިން ހޮޓްލައިން ނަންބަރެއް؛ ބޭނުން ސުވާލެއް ކުރެވޭނެ!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އިސްމާއިލްގެ ކެންޕެއިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފި އެވެ. 

މުހައްމަދު އިސްމާއިލްގެ ކެންޕެއިން ޓީމުން ބުނީ، އޭނާއާއި ގުޅަން ބޭނުންވާ ފަރާތްތަކުން ނުވަތަ ބައްދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކެންޕެއިން ހޮޓްލައިން ނަންބަރެއް ތަޢާރަފް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ސުވާލެއް އޮތް ނަމަ ނުވަތަ ބައްދަލު ކުރަން ބޭނުން ނަމަ، 7377447 މެސެޖު ކުރުމުން މެސެޖުކުރާ ތަރުތީބުން ފުރުސަތު ދެވޭނެ ކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން، މުހައްމަދު އިސްމާއިލް ގެ ކެންޕެއިން ޓީމާއި ގުޅެން ބޭނުންވާ ފަރާތް ތަކުންވެސް އެ ނަންބަރަށް މެސެޖު ކުރުމުން އެކަން ފަހިވެގެންދާނެ ކަމަށް ބުނެފައިވެއެވެ. 

އެ ނަންބަރަށް، ވައިބާ، ވަޓްސްއަޕް ނުވަތަ ޓެލެގްރާމް އިންވެސް މެސެޖު ފޮނުވޭނެ ކަމަށް ކެންޕެއިން ޓީމުން ބުނެއެވެ. 

ވިލިމާލޭ ދާއިރާއަށް ވާދަކުރާ 4 ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު އިސްމާއިލް އަށް ލިބިވަޑައިގެންފައިވަނީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. 

ސަރުކާރު ކޯލިޝަން، ޕީޕީއެމް/ޕީއެންސީންގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވާދަކުރައްވާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެކޯލިޝަނުން ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވިލިމާލޭ ދާޢިރާގެ ޓިކެޓް މުހައްމަދު އިސްމާއިލް ކަށަވަރު ކުރެއްވީ އެ ދާއިރާއަށް ވޯޓްލީ 459 މީހުންގެ ތެރެއިން 300 މީހުން ވޯޓުންނެވެ. 

އެ ދާއީރާއަށް ކުރިމަތިލާން ފޯމު ލުމަށްފަހު، ވޮއިސް އަށް ދެއްވި ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ބަސްދީގަތުމެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން ތިބީ މިހާރު އެއޮތް މަރުހަލާއިން އެހެން މަރުހަލާ އަކަށް ގެންދިޔުމަށް ބޭނުންވެފައި ކަމަށެވެ. އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެ ދާއިރާ އަށް ކުރިމަތި ލުމަށް ރައްޔިތުން އެދުނު ކަމަށެވެ.

ހަމައެހެންމެ ވިލިމާލޭގެ އެކި އުމުރުފުރާ ތަކާއި ގުޅޭ ތިމާވެއްޓާއި ރައްޓެހި މާހައުލެއް ދަމަހައްޓައިދީ، ރައީސް ޑރ.މުއިއްޒުގެ ތަރައްގީއަށް ވިލިމާލޭ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވަދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.