ރޮނާލްޑޯ (ވ), މިޓްރޮވިޗް (ކ) އަދި ބޯނޯ (މ)
ކުޅިވަރު
19 Feb 2024 | 13:49
ސައުދީ ލީގު ޓޮޕް ސްކޯރާގެ މަގާމު ހޯދާނީ ކޮން ކުޅުންތެރިއެއް؟

ސައުދީ ޕްރޮފެޝަނަލް ލީގަކީ ފާއިތުވެދިޔަ 2023 ވަނަ އަހަރުގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ލީގެވެ. އަދި މިވަގުތު އޭޝިއާގެ އެންމެ ވަރުގަދަ ލީގަކީ ވެސް ސައުދީ ލީގެވެ.

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ 2022 ވަނަ އަހަރުގެ ފަހުކޮޅު ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ސޮއި ކުރުމާއެކު އެލީގުގެ މަގުބޫލުކަން ފުޓްބޯޅަ ސަޕޯޓަރުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިއާއެކު ޔޫރަޕުގެ ބޮޑެތި ކުލަބުތައް ދޫކޮށް ގިނަ ތަރިންތަކެއް ވަނީ ސައުދީ ލީގާއި ގުޅިފައެވެ.

އޭގެ ތެރޭގައި 2022 ވަނަ އަހަރުގެ ބެލެންޑޯ އެވޯޑް ކާމިޔާބުކުރި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒީމާ އާއި، ލިވިޕޫލުގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ, ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ އިތުރުން ފުލަމްގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އަދި ބަޔާން މިއުނިކްގެ ސަޑިއޯ މާނޭ ފާހަގަކޮއްލެވެއެވެ.

މިއާއެކު ސައުދީ ލީގުގެ ޓޮޕް ސްކޯރާ މަގާމުގެ ވާދަވެރިކަން މިވަނީ ވަރަށް ބޮޑުވެފައެވެ. ލީގުގައި ކޮންމެ ޓީމަކުން 20 މެޗު ކުޅެފައިވާއިރު ލަނޑު ޗާޓުގެ ކުރީގައި މިވަގުތު އޮތީ އުމުރުން 39 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލީގުގައި ކުޅުނު 19 މެޗުގައި ރޮނާލްޑޯ 21 ލަނޑު ކާމިޔާބުކޮށްފައިވާއިރު، މި ލިސްޓުގެ ދެވަނައިގައި މިވަގުތު އޮތީ އަލް ހިލާލްގެ ސާބިއާ ފޯވާޑް އެލެގްޒެންޑަރ މިޓްރޮވިޗް އެވެ.

އުމުރުން 29 އަހަރުގެ މިޓްރޮވިޗް ވަނީ ލީގުގައި ކުޅުނު 18 މެޗުގައި އެޓީމަށް 19 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން ލީގު ތާވަލްގެ އެއްވަނަ އެޓީމަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

ކޮންމެ ޓީމަކަށް ބާކީ 14 މެޗު އޮތްއިރު، ލީގު ތާވަލްގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑަކާ އެކު މިވަގުތު އޮތީ އަލް ހިލާލް އެވެ. ދެވަނަގައި އޮތް އަލް ނަސްރަށް 20 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، މިދެޓީމު ވެސް ވަނީ އޭއެފްސީ ޗެންޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަަމަ ލެގުގެ މެޗު ކާމިޔާބުކޮށް ކުއާޓާ ފައިނަލުގެ ފުރުސަތު ބޮޑުކޮއްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.