ޘާބިތު ޢުމްރާ ގުރޫޕްގެ ޢުމްރާ ވެރިން-- ފޮޓޯ/ޘާބިތު ޢުމްރާ ގުރޫޕް
ހަބަރު
19 Feb 2024 | 17:59
ސުކޫލް ބޮޑު ޗުއްޓީިއާއި ދިމާކޮށް މެއި މަހު އުމްރާއަށް ދިޔުމުގެ ފުރުޞަތު ޘާބިތު ޢުމްރާ ގުރޫފުން ހުޅުވާލައިފި

ޘާބިތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު، ކުރިއަށް އޮތް ސުކޫލު ބޮޑު ޗުއްޓީގައި އުމްރާގެ އަޅުކަން އަދާ ކުރަން ދިޔުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ޘާބިތު ހައްޖު އެންޑު ޢުމްރާ ގުރޫޕުން ބުނެފައިވާ ގޮތުގައި މެއި މަހު ފެށޭ ސުކޫލު ބޮޑު ޗުއްޓީއާއި ދިމާކޮށް އެ ގުރޫޕުން ރާވަފައިވާ ޢުމްރާ ދަތުރަކީ 15 ދުވަހުގެ ދަތުރެއް ކަމަށެވެ. އެ ޢުމްރާއަށް އެ ގުރޫޕުން ކަނޑައަޅާފައިވާ އަގަކީ 28,000 ރުފިޔާއެވެ. އަދި ކުރިއާލާ ފައިސާ ދައްކާނަމަ ޚާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މި ދަތުރުގައި އެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ޢުމްރާ ވިސާއާއި މައްކާއާއި މަދީނާގައި ތިބުމާއި، ދިވެހި ވަންތަ ކެއުމާއި ބުއިން ހަމަޖައްސައިދިނުމުގެ އިތުރަށް، ޢުމްރާއަށް ތައްޔާރުކޮށްދިނުމަށް ބޭނުންވާ ތަމްރީނާއި، ދުޢާ ކާޑާއި، މައްކާއާއި މަދީނާއަށް ޒިޔާރާތްކުރުމުގެ ދަތުރެއް ހިމެނެއެވެ.

މީގެ އިތުރުން ތިން ޢުމްރާކުރުމުގެ ފުރުސަތާއި، ހަރަމްފުޅާ ކައިރިން ހޮޓާ ފޯރުކޮށްދިނުމުގެ އިތުރަށް އެ ދަތުރުގެ ބައިވެރިންނަށް އެ ގުރޫޕުން އިހުރާމު އަދި ފައިވާންލާ ދަބަސް ވެސް ފޯރުކޮށްދެއެވެ. 

އެ ޚިދުމަތްތަކުގެ އިތުރުން، ހިލޭ ޠާއިފް ދަތުރަކާއި، ޖިއްދާ ދަތުރެއްގެ އިތުރުން އަގީގާއާއި ޞަދަޤާތުގެ ގޮތުގައި ބަކަރި ކަތިލުންވެސް ކުރިއަށް ދާނެ ކަމަށް އެ ގުރޫޕުން މައުލޫމާތު ދެއެވެ.

އުމްރާ ދަތުރު ތަކަށް ރަޖިސްޓަރީކުރައްވައި ޖާގައެއް ކަށަވަރުކުރެއްވުމަށް ދައްކަންޖެހޭނީ 5،000 ރުފިޔާއެވެ. އަނެއްބައި ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު އޮތް ކަމަށް ޘާބިތުން މައުލޫމާތު ދެއެވެ. 

މި ދަތުރުތަކާ ގުޅޭ އިތުރު މައުލޫމާތު އޮޅުންފިލުއްވުމަށް ބޭނުންފުޅުވާ ބޭފުޅުން 7907074 ނުވަތަ 9402423 ނަންބަރަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ