މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ވަޒީރު އަހުމަދު ޝިޔާމް ޖަވާބު ދެއްވަނީ-- ފޮޓޯ/ މަޖިލިސް
ހަބަރު
20 Feb 2024 | 10:08
މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރާނަން: ޝިޔާމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް، ސަރުކާރުން މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުކުރައްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله ވަނީ ސަރުކާރުން މަސް ގަންނަމުންދާ އަގު 20 ރުފިޔާއަށްވުރެ ވެސް ދަށް ކުރަން ވާހަކަތައް ދެކެވޭ ކަމަށް އަޑު ފެތުރިފައިވާ ކަން ފާހަގަކުރައްވައި އެފަދައިން ކަން ކުރުމުގެ ވިސްނުން ސަރުކާރުގެ އޮތްތޯ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވަނީ، އެފަދަ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާ، މަސް ގަންނަ އަގު 20 ރުފިޔާއަށް ވުރެ ދަށް ނުކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާއިރު، އެ ވަޢުދާއި އެއްގޮތަށް އަގު ހިފެހެއްޓިފައި ހުންނާނެ ކަމަށެވެ. 

(20 ރުފިޔާއަށް ވުރެ މަހުގެ އަގު ދަށް) ނުކުރާނަން އިނގޭތޯ އަޅުގަނޑުމެން. 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއް އެއީ ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅެއް ކަމަށް ވާތީއާއި އެއްކޮށް، އަދި 20 ރުފިޔާއަށްވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ހިފަހައްޓައިގެން ކުރިއަށް ދެވިދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ. އެއްވެސް ޕްރައިވެޓް ކުންފުންޏަކަށް ފަހި ކޮށްދިނުމުގެ ނަމުގައިވެސް، އަދި ފަހިކޮށްދިނުމުގެ ބޭނުމުގައިވެސް މަހުގެ އަގު 20 ރުފިޔާއަށްވުރެ ދަށް ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

މީގެ އިތުރުން މަހުގެ އަގު 20 ރުފިޔާގައި ބަހަށްޓައިގެން މަސް ގަނެ ވިއްކުމުން ލިބޭނީ ކިހާ ގެއްލުމެއްތޯ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވަނީ އެފަދައިން ގަނެ ވިއްކާމުންދަނީ 6 ރުފިޔާގެ ގެއްލުމާއި އެކު ކަމަށެވެ. 

މިފްކޯއަށް 20 ރުފިޔާއަށް މަސް ގަނެގެން މަސް ބޭރުކުރަން އެދާ ޚަރަދާއި، މަސް ބަހަށްޓަން އެދާ ޚަރަދާއި، މިހުރިހާ ޚަރަދެއް ހިމަނައިގެން އަޅުގަނޑުމެން މަސް ބޭރުކޮށްގެން، މިވަގުތު އަޅުގަނޑުމެން އަތުން މަސް ގަންނަ ބާޒާރުތަކުން މަސް ގަންނައިރުގައި, އަޅުގަނޑުމެންނަށް ގާތްގަނޑަކަށް 6 ރުފިޔާގެ ގެއްލުމެއްގައި އަޅުގަނޑުމެން މަސް ބޭރުކޮށް ވިއްކެނީ. 

މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް 

މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓަވައ އެ އަގު ވެއްޓުނަ ނުދެއްވާ ބޮޑު ކުރުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ރިޔާސީ އިންތިހާބުގެ ކެންޕެއިން ތެރެއިން ރައީސް މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.