ވަޒީރު އަހުމަދު ޝިޔާމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ-- ފޮޓޯ/މަޖިލިސް
ހަބަރު
20 Feb 2024 | 10:41
މާޗު 5ގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އެއްކޮށް ހަލާސް ކުރާނަން: ޝިޔާމް

އަންނަ މާރިޗު މަހުގެ 5 ވަނަ ދުވަހުގެ ކުރިން، މަސްވެރިންނަށް ދޭން ހުރި ހުރިހާ ފައިސާއެއް ދީ ޚަލާސްކުރައްވާނެ ކަމުގެ ޔަގީންކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ދެއްވައިފި އެވެ. 

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ ކޫއްޑޫގައި ދާދިފަހުން މަސްވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ. އެ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށް އެދުވަހު، ވަޒީރު ޝިޔާމް ކޫއްޑޫއަަށް ވަޑައިގެންފައިވާއިރު، އެދުވަހު މަސްވެރިންނާއި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ، އަންނަ މާރިޗު ކަމުގެ 5 ވަނަ ދުވަހުގެ ފަހުން މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭނެ ފައިސާއެއް ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. 

މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ޝިޔާމް ހާޒިރު ކުރުވުމުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ އެކަން ފާހަގަކުރައްވައި، މަސްވެރިންނަށް އެ ދެއްވި ޔަގީންކަން މަޖިލީހުގައި ވެސް ދެއްވުމަށް އެދިލައްވާފައެވެ. އަދި ކުރިއަށް އޮތް ގާތްގަނޑަކަށް 15 ދުވަސް ތެރޭގައި އެ ފައިސާ ދޭނެ ގޮތުގެ ތަފްސީލުވެސް ދެއްވުމަށް އެދިވަޑައިގެންފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުގެ އަމާޒަކަށްވީ މިދިޔަ ވެރިކަމުގައި ވާރުތަވެފައި ހުރި ނުދެވި ހުރި ފައިސާ ހިމެނޭހެން، މަސްވެރިންނަށް ދޭން ހުރި ފައިސާ ވޭހާވެސް އަވަހަސް ދީ ޚަލާސްކުރުން ކަމަށެވެ.

މިއާއެކު ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު 200 އެތައް މިލިއަން ރުފިޔާއެއް މަސްވެރިންނަށް ދޭން ހުރި ކަމަށާ، މިއަދާއި ހަމައަށް އައިއިރު، ޖުމްލަ އަދަދަށް ބަލާއިރު މަސްވެރިންނަށް ދޭން ހުރީ 310 މިލިއަން ކަމަށެވެ. އޭގެ ތެރެއިން އެކި ބައިތައް ދޫކުރުމަށް ފަހު، މިހާރު ނުދެވި ހުރި 280 މިލިއަން އެއްހާ ރުފިޔާ މާޗު މަހުގެ 05 ކުރިން އެއްކޮށް ހަލާސް ކުރެވޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

(ކުރީ ސަރުކާރުގެ) ފައިސާއާއި އެކީގަ އަޅުގަނޑުމެން ދުވަސްތައް ގުނާއިރު، މިއަދާއި ހަމައަށް 310 މިލިއަން ރުފިޔާ އަޅުގަނޑުމެން މިއަދު މަސްވެރިންނަށް ދޭން އެބައޮތް.  އެހެން ނަމަވެސް މިފަހުން އެގު މުރާޖައާ ކުރިއިރު އަޅުގަނޑުމެން ނިންމިން، މުރާޖައާ ކުރެވުނު ދުވަހުން ފެށިގެން ހަފްތާއިން، ހަފްތާއިން މިފްކޯއިން ދެވޭނެ ގޮތަކަށް އެކަން ކުރެވުނީ. އެހެންވީމަ މިހާރު ބެކްލޮގްގެ ތެރެއިން މިހާރު މަސްވެރިންނަށް ނުދެވި މިހުރީ 280 މިލިއަން ރުފިޔާ. 280 މިލިއަން އެއްކޮށް ހަލާސް ކުރުމަށް، އަޅުގަނޑުމެންގެ އަމާޒަކީ 05 މާޗުގެ ކުރިން އެއްކޮށް ދައްކައި ހަލާސް ކުރުން

ވަޒީރު އަހުމަދު ޝިޔާމް 

މާރިޗު 5 ގެ ކުރިން މަސްވެރިންނަށް ފައިސާ ދީ ޚަލާސް ކުރާނެ ކަމަށް ޝިޔާމް ވިދާޅުވެފައި ވާއިރު، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެސް ވަނީ ލޯން ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވޭހާވެސް އަވަހަށް ޚަލާސް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.