ވަޒީރު އަހުމަދު ޝިޔާމް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ--ފޮޓޯ/ މަޖިލިސް
ހަބަރު
20 Feb 2024 | 12:56
އަޅުގަނޑުމެން މި އުޅެނީ މިފްކޯ ރިފޯމް ކުރަން؛ ވަކިވަކި މެންބަރުންގެ ނުފޫޒުން އެތަން ސަލާމަތް ކުރަން: ޝިޔާމް

ވަކިވަކި މެންބަރުންގެ ނުފޫޒުން މިފްކޯ ސަލާމަތް ކޮށް އެތަން ރީ-ސްޓްރަކްޗަރ ކޮށް ރިފޯމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާގެ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވެނީ ކީއްވެތޯ ވިލިގިލީ ދާއީރާގެ މެންބަރުން ސަޢުދު ހުސައިން ކުރެއްްވި ސުވާލަށް ޖަވާބުދެއްވަމުން ޝިޔާމް ވިދާޅުވީ، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވެނީ އެތަނުގެ މާލީ ހާލަތު މިހާރު އޮތް ހާލަތަށް ދަށަށް ގޮސްފައިވާތީ ކަމަށެވެ.

އަދި މިހާރު އެތަން އޮތް ހާލަތަށް ދިޔައީ، އެކިއެކި ސަރުކާރު ތަކުގައި، ނުފޫޒް ގަދަ ފަރާތްތަކުގެ ސަބަބުން ކަމަށާ، އެކަން ހުއްޓުވައި މިފްކޯ ރީ-ސްޓްރަކްޗަރ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މިފްކޯ މިހާލަތަށް ދިޔުމުގައި އެންމެ ދައުރެއް އަދާކުރީ އެކިއެކި ސަރުކާރު ތަކުން. ނުފޫޒުގަދަ ބައެއް ފަރާތްތަކުން. ބައެއް މަސްވެރިން އެބަ ވިދާޅުވޭ, ވަކިން ހާއްސަކޮށް ހުވަދޫއަށް ދިޔައީމަ ހުވަދޫގެ މަސްވެރިން އެބަ ވިދާޅުވޭ، ކީއްވެގެންހޭ މިވެނި މީހެއްގެ ނުފޫޒާއި ބާރުން މިފްކޯ ގައި، މިވެނި މީހަކު ބޭނުންވާ ގޮތަށް ހުރިހާ މަގާމުތަކަށް މީހުން ލައިގެން މިވެނި މީހަކު ބޭނުންވާ ގޮތަށް މިފްކޯ. އަޅުގަނޑުމެން މިއުޅެނީ މިކަން ހުއްޓާލަން. މިކަން އަޅުގަނޑުމެން ހުއްޓާލަން އުޅޭތީ މިއުޅެނީ އުނދަގޫ ވެގެން. އަޅުގަނޑުމެން މިއުޅެނީ މިފްކޯ ރީ-ސްޓްރަކްޗަރ ކުރަން. އަޅުގަނޑުމެން މިއުޅެނީ މިފްކޯ ރިފޯމް ކުރަން. މިފްކޯ މިގޮތަށް ބްލީޑް ވާކަށް އަޅުގަނޑުމެން މި ސަރުކާރަކުން ޖާގައެއް ނުދޭނަން އިރާދަކުރެއްވިޔާ. އެ މަސައްކަތް ކުރާތީވެ މިއުޅެނީ ތަންކޮޅެއް އުނދަގޫ ވެގެން.

ވަޒީރު އަހުމަދު ޝިޔާމް 

ޝިޔާމް އިތުރަށް ވިދާޅުވީ މުޒާހަރާތަކުގައި ތިއްބެވި ހުރިހާ މަސްވެރިންނާއި ޚާއްސަކޮށް ހުވަދޫގައި މުޒާހަރާގައި ތިއްބެވި ހުރިހާ މަސްވެރިންނާއި ބައްދަލު ކުރެއްވި ކަމަށާއި އެ މަސްވެރިންގެ މައިގަނޑު ޝަކުވާ އަކަށް ބުނަމުންދިޔައީ މިފްކޯގެ ކަންކަން ހައްލު ކޮށްދިނުމަށް ކަމަށެވެ. 

މިތަން އެހަށް ހައްލު ކޮށްދީބަލާށޭ. ވަކި މެންބަރެއްގެ ނުފޫޒުން މިތަން ސަލާމަތް ކޮށްދީބަލާށޭ. ތިމަންނަމެން މިކުރާ މަސައްކަތުގެ އުޖޫރަ ތިމަންނަމެންނަށް ލިބޭނީ މިތަނުގެ ޚަރަދު ކުޑަ ކުރެވިގެންނޭ. ވަކި މީހަކު ބޭނުންވީމާ މިތަނުގެ ވަޒީފާތައް ގިނަކޮށްހެން މިތަން މި ހިންގާ ހިންގުން ނިމުމަކަށް ގެނެސްދޭށޭ. އެކަން އަޅުގަނޑުމެން ކުރާނަން. 

ވަޒީރު އަހުމަދު ޝިޔާމް 

މީގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވެނީ ކީއްވެތޯ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުالله ކުރެއްްވި ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން މިފްކޯއަށް ބޭކާރު ގޮތުގައި ކޮންސަލްޓަންޓުން ނަގައި ބޮޑު މުސާރަ ދެމުންދާ ކަމަށެވެ. އޭގެ ސަބަބުން މިފްކޯއަށް ގެއްލުންތަކެއް ވެފައިވާ ކަމަށާ، އެފަދަ ބޭކާރު ގޮތުގައި ނަގާފައި ތިބި، ކުރާނެ މަސައްކަތެއް ނެތް މުވައްޒަފުން ވަޒީފާއިން މިހާރު ވަކިކުރަމުންދާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.
05 Oct 2026
ސްކޫލުތައް އުފާވެރި މާޙައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ: މިނިސްޓަރ
އެ ޚިޠާބުގައި ވަޒީރު ފާހަގަކުރެއްވީ ޢިލްމީ ފަންނުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުން ވާ ގުރުބާނީ ބަލައިގަތުމުގެ މުހިންމުކަމެވެ. މުޖުތަމަޢުގައި މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙްތިރާމު އިތުރުކޮށް އެ ދާއިރާ ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.