ރައީސް ޑރ.މުއިއްޒު ގދ މަޑަވެލި ރައްޔިތުންނާއި ބައްދަލުކުރެއްވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Feb 2024 | 19:08
މަޑަވެލި ރައްޔިތުން ބޭނުންވާ ފެންވަރުގެ ރަނގަޅު ބޮޑު ބަނދަރެއް ހަދާނަން: ރައީސް ޑރ.މުއިއްޒު

ގދ.މަޑަވެލި ރައްޔިތުން ބޭނުންވާ ފެންވަރުގެ ރަނގަޅު ބޮޑު ބަނދަރެއް ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު އެމަނިކުފާނު ގދ ގެ އަތޮޅު ތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މަޑަވެލި އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަޑަވެލި ފަދަ މަސްވެރިކަމުގައި ކުރިއަރާފައިވާ ރަށަކަށް ޖާގަ އިތުރުވެގެން ދިޔުން މުހިންމު ކަމަށެވެ. އެހެންކަމުން މިއަދު އެރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ޔަގީންކަން ދެއްވި ފަދައިން ރައީސް ޑރ.މުއިއްޒު ވަނީ ރަށުގެ ރައްޔިތުން ބޭނުންވާ ފެންވަރުގެ ބަނދަރެއް ހަދާނެ ކަމުގެ ޔަގީން ރަށުގެ ރައްޔިތުންނަށް އަރުވާފައެވެ.

މި އަހަރުގެ ބަޖެޓުގައި ބަނދަރުގެ މަސައްކަތް ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓަށް މަޑަވެލި ބަނދަރު ހެދުމުގެ މަސައްކަތް ހިމަނާނެ ކަމަށާއި އޭގެ ކުރިން ވެސް ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖެހިއްޖެނަމަ، އުސޫލު ތަކުގެ ތެރެއިން އެކަމަށް މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ކައުންސިލް ބައްދަލުވުމުގައި ވެސް ޔަގީންކަން ދިން ފަދައިން ރައްޔިތުންނަށް ދޭނެ ޔަގީން ކަމަކީ މިއީ. އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން ބޭނުންވާ ފެންވަރުގެ ރަނގަޅު ބޮޑު ބަނދަރެއް ހަދާނަން. އެހެންވީމަ މި އަންނަ އަހަރުގެ ބަޖެޓަށް އެކަން ހިމަނައިގެން ކުރިއަށް ގެންދެވޭނެ މަގެއް ފަހި ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އެއަށްވުރެ އަވަހަށް އެކަން ކުރެވޭނެ ގޮތެއް އޮތް ނަމަވެސް އުސޫލު ތަކުގެ ތެރެއިން އެކަމަށް މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މަޑަވެލި ރައްޔިތުންނާއި ބައްދަލުކުރައްވަމުން އެމަނިކުފާނު ވަނީ ރަށުގެ ބަނދަރު ހެދުމުގެ އިތުރުން، އެ ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ. މިގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ރަށުގެ އާބާދީއާއި އެއްވަރަށް ލެބޯޓަރީ ހިދުމަތް ދިނުމަށް އެމަނިކުފާނު ވެވަޑައިގެން ވައުދުގެ ތެރެއިން މަޑަވެލީގައި ވެސް ލެބޯޓަރީގެ ހިދުމަތް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ނުވަތަ އޭގެ ކުރިން މި އަހަރުގެ ތެރޭގައި ނަމަވެސް އެންމެ އިސްކަމެއް ދޭ ރަށެއްގެ ގޮތުގައި މަޑަވެލި ސްކޫލް އެއް ސެޝަނަށް ބަދަލު ކުރުމަށްޓަކައި، މަލްޓި ޕާޕޯސް ހޯލެއްވެސް ހިމެނޭ ގޮތަށް ސްކޫލްގެ ޖާގަ އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.