އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ހަބަރު
21 Feb 2024 | 08:37
މޯލްޑިވިއަންއަށް އޭޓީއާރް މަރުކާގެ އިތުރު ދެ ބޯޓު ގެންނަނީ

ދިވެހި ޤައުމީ އެއާލައިން، މޯލްޑިވިއަން އަށް އޭޓީއާރު މަރުކާގެ އިތުރު ދެ ބޯޓު ގެންނަން ނިންމާ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އެއާރސޯގެ ތެރެއިންނެވެ. ރާއްޖޭގެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ ހާޒިރުގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އައިލެންޑު އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.  

އޭޓީއާރު އިން ކުރި އެކްސްޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މޯލްޑިވިއަން އިން ގެންނަށް ނިންމި އޭޓީއާރު600-42ގެ ދެ ބޯޓާއި އެކު މޯލްޑިވިއަން އިން ބޭނުންކުރަމުންގެންދާ އޭޓީއާރު މަރުކާގެ ބޯޓުގެ އަދަދު 7 އަށް އަރާނެއެވެ.

އޭޓީއާރު އިން އިތުރަށް ބުނެފައިވާ  މޯލްޑިވިއަންއިން އޭޓީއާރު މަރުކާގެ ބޯޓް ގެންދަން ނިންމުމަކީ މޯލްޑިވިއަން އިން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، އޭޓީއާރު މަރުކާގެ ބޯޓްތަކަކީ ތިމާވެއްޓާއި ރައްޓެހި، ވަރަށް ހަރަދު ކުޑަ ބޯޓުތަކަކެއް ކަމަށެވެ.

މިކަމާއި ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިއަހަރު ނިމުގެ ކުރިން ދެ ބޯޓް ރާއްޖެ ގެނެވޭނެ ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ ވިސްނުމަކީ މޯލްޑިވިއަން ޒަމާނީކޮށް ކުންފުންޏަށް ހެޔޮބަދަލެއް ގެނައުން ކަމަށެވެ.

މޯލްޑިވިއަން އިން އޭޓީއާރު 600-42 މަރުކާގެ ދެ ބޯޓް ގެނައުމަށް ސޮއިކޮށްފައިވާއިރު މި ސަރުކާރުގެ އަމާޒަކީ ދިގުރާސްތާއަށް ދަތުރުކުރެވޭ ވަރުގެ ބޮޑަތި ބޯޓްތައް ހޯދާ ރާއްޖެއަށް ފަތުރުވެރިން ގިނައިން އަންނަ މަންޒިލްތަކަށް އަމިއްލަ ޤައުމީ ފުލައިޓްގައި ދަތުރުތައް ކުރުމެވެ.

އެގޮތުން މިހާރު ސަރުކާރުން ވަނީ ބޮއިން 8-787 ޑްރީމް ލައިނާ މަރުކާގެ ބޯޓެއް ކުއްޔަށް ނަގަން އިއުލާނުވެސް ކޮށްފައެވެ. ގައުމީ އެއާލައިނުގެ އޮޕަރޭޝަނަށް ވައިޑް ބޮޑީ ބޯޓު ތައާރަފު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެއްވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.