ޑރ.މުހައްމަދު ޖަމީލު އަހުމަދު-- ފޮޓޯ: ވޮއިސް
ހަބަރު
22 Feb 2024 | 16:43
ރައީސް ޔާމީނަށް ގާނޫނުގެ ހަމަހަމަކަން ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަށް ގަބޫލެއް ނުކުރަން: ޑރ. ޖަމީލް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށް  މިއަދުގެ ގާނޫނުގެ ރައްކާތެރިކަމާއި، ހަމަހަމަކަށް ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅު ކުރައްވަމުން ޖަމީލު ވިދާޅުވީ ފަނޑިޔާރުންނަކީ ދުސްތޫރުގެ ސުޕްރިމަސީ ނަގަހައްޓަން ހުވާ ކޮށްގެން ތިބި، ޒިންމާދާރު އަދި ސިޔާސީ ނުވެ، ވަކި ފަރާތަކަށް ނުޖެހި ގާނޫނޫގެ ވެރިކަން ދަމަހައްޓަން ތިބި ބައެއްކަމަށެވެ. އަދި މިނިވަން ޖުޑިޝަރީއެއްގެ އެންމެ އަސާސީ އެއް ސިފަ އަކީ އެއްވެސް ބިރެއް، ޖެހިލުމެއް ނެތި، ވަކި ފަރާތަކަށް ޖެހުމެއް ނެތި، ވަކި މީހަކަށް ވީތީ، އަދި އެއްވެސް ދިމާލަކުން އަންނަ ނުފޫޒަކަށް ނުލެނބި މައްސަލަތައް ހަމަހަމަކަމާއި އަދުލުވެރިކަމާއި އެކު ނިންމުންކަން ވެސް ޖަމީލު ފާހަގަ ކުރެއްވިއެވެ.

ޖަމީލު ވިދާޅުވީ އިންތިހާބު ތަކާއި ދިމާކޮށް ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ކޯޓުތަކުން ލަސްވާ މަންޒަރު ފެންނަ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުށެއް ސާބިތު ކުރަންވީމާ، އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަން ވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން، މިކަންކަމުގެ މައްޗަށް ބަލާއިރު، ރައީސް ޔާމީނަށް މިއަދުގެ ގާނޫނުގެ ރައްކާތެރިކަމާއި، ހަމަހަމަކަށް ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައެވެ.

"މިދެންނެވުނު ކަންކަމަށް ބަލާއިރު، ރައީސް ޔާމީނަށް މިއަދު ޤާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑިޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ."

ޖަމީލު ވިދާޅުވިއެވެ.

މީގެ ކުރިން ޖަމީލު ވަނީ ރައީސް ޔާމީން އަށް ލިބިލެއްވި ހުރިހާ ލުޔެއް ލިބުނީ ކުރީ ސަރުކާރުން ކަމަށްވެސް ވިދާޅުވެފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. 

އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް އިސްތިއުނާފުގެ އަޑުއެހުންތައް ނިމިފައިވާއިރު ހުކުމް ކުރުމުގެ އަޑުއެހުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ޔާމީންގެ ވަކީލުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ރައީސް ޔާމީން އަދިވެސް މިނިވަންވެވަޑައި ނުގަންނަވާތީ، ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކާއި އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުކޮށްފައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގެންނެވި ރޭގައި، އޭރު ވެރިކަމުގައި ހުންނެވި ރައީސް އަށް ދަންނަވައި، އޭގެ އަނެއް ދުވަހު އެމަނިކުފާނު ގެއަށް ބަދަލުކުރައްވާފައިވާއިރު، ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބު ވަނީ ރައީސް ޑރ.މުޢިއްޒު ކުރެއްވި ދުވަހު ވިދާޅުވިފަދައިން ޝަރުޢީ ދާއިރާއަށް ސަރުކާރުން އަތްބޭނުން އެދުވަހުން އެދުވަހަށް ނިމިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ދުވަހެއް އެނގިލައްވާނީ ޖުޑިޝަރީއަށް އަށް ކަމަށާއި, ސަރުކާރުން އެއަށް އަތް ނުބާނުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް