ޗައިނާގެ ރިސާޗް މަނަވަރު
ހަބަރު
22 Feb 2024 | 17:30
އިންޑިއާއިން ފާރަލަމުންދިޔަ ޗައިނާގެ ރިސާޗް މަނަވަރު ރާއްޖެވަދެއްޖެ

އެމަނަވަރެއް ރާއްޖެއާއި ކައިރިކުރާތީ އަވަށްޓެރި އިންޑިއާއިން ނުތަނަވަސްވެގެން އުޅުނު ޗައިނާގެ ރިސާޗް މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް މިއަދު ވަދެއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. 4300 ޓަނުގެ ޝިއާންގ ޔަންގ ހޮންގ ކުޑައިރުކޮޅެއްގެތެރޭގައި ރާއްޖޭގައި ބަނދަރުކުރާނެ ކަމަށްވެސް ބުނެއެވެ.

ޗައިނާގެ ރިސާޗް މަނަވަރު ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދަށް ނުކުތިއްސުރެ އިންޑިއާއިން ފާރަލަމުން އެގައުމުގެ މީޑިއާއިން އޭގެ ދަތުރުގެ އަޕްޑޭޓްތައްދަނީ ގެނެސްދެމުންނެވެ.

އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް އާރް ކުމާރު މިދިޔަ ހަފްތާގައި އެންޑީ ޓީވީގައި ބުނެފައިވަނީ މި މަނަވަރު ރާއްޖޭގެ ސަރަހައްދަށްވަދެ ރާއްޖޭގެ ކަނޑުއަޑީގެ ފޮޓޯނަގައި ހަދައިފިނަމަ އަސްކަރީ ސަބްމެރީން ބޭނުންކުރާނެ ގޮތް ނުވަތަ އިންޑިއާ ކަނޑުގައި ސަބްމެރީން އޮޕަރޭޓް ކުރުމުގެ ކުޅަދާނަކަން ލިބިގެންދާނެތީ އިންޑިއާގެ ކަންބޮޑުވުން އޮތްކަމަށެވެ. 
އިންޑިއާގެ މީޑިއާތައް އެގައުމުގެ އަސްކަރީ އޮފިޝަލުންނާއި ހަވާލާދީ ބުނަނީ ރާއްޖެއަށް މި ބަނދަރުކުރާ މަނަވަރަކީ ކަނޑުއަޑީގެ ސީބެޑް ޗާޓް ކުރެހުމާއި ސީބެޑްގައިވާ މިނެރަލްސްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ މަނަވަރެއްކަމަށެވެ. 
މި މަނަވަރުގެ ދަތުރުގައި ރާއްޖޭގެ ބަދަލުގައި ފުރަތަމަ ޖައްސަން އޮތީ ސްރީލަންކާގައެވެ. އެހެންނަމަވެސް އިންޑިއާއިން ސްރީލަންކާއަށް ފިއްތުންތައް ކުރިމަތިކުރުމުން އެގައުމުންވަނީ އެއް އަހަރު ދުވަހަށް އެގައުމަށް މި މަނަވަރު ދަތުރުނުކުރާގޮތަށް މުއްދަތެއް ކަނޑައަޅައިދީފައެވެ. ދިވެހިރާއްޖެއަށް އިންޑިއާގެ ނުތަނަވަސްކަން ހުށަހެޅުމުން ދިވެހިރާއްޖެއިން ބުނެފައިވަނީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފައި ހުރި ކަންކަން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިމަނަވަރުން ނުހިންގާނެ ކަމަށެވެ. ރަހުމަތްތެރި ގައުމުތަކުގެ މަނަވަރުތަކަށް މިފަދަ ދަތުރުތަކުގައި ރާއްޖެއައުމަށް ފުރުސަތު އަބަދުވެސް އޮންނަކަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް އިންޑިއާގެ ނޫސްތަކުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުގެތެރެއިން މި މަނަވަރު ދަތުރުކުރަމުންދިޔައީ ވަރަށް ޝައްކު އުފެދޭގޮތަށް ގުދުގުދުލައްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ
04 Jul 2026
ޕެނަމާ ކެނަލް ކޮންޓްރޯލްކުރުމުގެ ފުރުސަތު ޗައިނާއަށް ނުދޭނަން: ޓްރަމްޕް
ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި ޕެނަމާއިން އެ ކެނަލްގެ ކޮންޓްރޯލް ނެގުމަށްފަހު، އެތަން ހުރަސްކުރާ އުޅަނދުފަހަރުން ނަގާ ފީ ހަތަރު ގުނައަށް ބޮޑުކޮށް، އޭގެއިން ބޮޑު ފައިދާއެއް ހޯދާފައިވެއެވެ