ތެލެސީމިއާ ކުއްޖެއް ގަޔަށް ލޭ އަޅަނީ--
ހަބަރު
23 Feb 2024 | 09:55
ތެލެސީމިއާއާ ގުޅުންހުރި ޑީއެންއޭ އަދި އެމްއާރްއައި ޓީ2 ސްޓަރ ޓެސްޓަށް އާސަންދަ ދޭން ފަށައިފި

ތެލެސީމިއާ ބަލި ވާރުތަކުރާކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަށް ހަދަން ޖެހޭ ޑީ.އެން.އޭ ޓެސްޓާއި، ތެލެސީމިއާ ކުދިން ހަދަންޖެހޭ އެމްއާރްއައި ޓީ2 ސްޓަރ ޓެސްޓަށް އާސަންދަ ދޫކުރަންފަށައިފިއެވެ. 

އާސަންދައިން ބުނެފައިވާ ގޮތުން، 22 ފެބްރުއަރީ (އިއްޔެ) އިން ފެށިގެން ޑީ.އެން.އޭ ޓެސްޓާއި، އެމްއާރްއައި ޓީ2 ސްޓަރ ޓެސްޓަށް އާސަންދަ ލިބޭނެ ކަމަށެވެ.

އެގޮތުން އާސަންދައިގެ ދަށުން ޑޭއެންއޭ ޓެސްޓް ފެމިލީ ޕްލޭނިންގ ސެންޓަރ (ޝީީ) އިން އަދި، ޓީ2 ސްޓަރ ޓެސްޓަށް ހުޅުމާލޭ ހޮސްޕިޓަލުން ހެދޭނެ ކަމަށް ބުނެފައި ވެއެވެ. 

މިދެ ކަމަކީވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނިގެން ކުރިއަށް ގެންދިޔުމަށް ނިންމި ކަންކަން ކަން ފާހަގަކޮށްލަންޖެހެއެވެ. 

މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭސް އާސަންދަ މެދުވެރިކޮށް އެހެނިހެން ބޭސް ލިބޭ އުސޫލުން ލިބޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

އަދި ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު 10 ކުދިން ފޮނުވުމަށް ހަމަޖެހި، މިހާތަނަށް 5 ކުދިން ފޮނުވާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.