ރައިސުލްޖުމުހޫރިއްޔާ މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ހަބަރު
24 Feb 2024 | 15:46
ރާއްޖޭގައި ހިންގޭ އިޤްތިޞާދީ އެންމެ ބޮޑޫ މަޝްރޫއު ފެށިގެންދާނީ ހއ.އަތޮޅުގައި: ރައީސް ޑރ. މުއިއްޒު

ރާއްޖޭގައި ހިންގޭ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢު ފެށިގެންދާނީ  ތިލަދުންމަތީ އުތުރުބުރި، ހއ. އަތޮޅުގައި ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އުތުގެ 4 އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުށްޓަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާއ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިޞަދީ ހާލަތު އޮތްގޮތުން ތަރައްޤީގެ މަސައްކަތްތައް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް މަޑުމަޑުން އެކަންތައްތަކުން އަރައިގަނެވި ރާއްޖޭގެ އިޤްތިޞާދު ރަނގަޅު މިސްރާބަކަށް ދާން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގައިވާ ކުންފުނިތައް ހަމަ މަގަށް އަޅުވާ އިތުރު ކުންފުނިތައް އުފައްދާ އެކުންފުނިތަކުގެ އެހީގައި ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ތައްޔާރުވަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަލަށް މިއުފެއްދީ ރާއްޖޭގެ އެންމެ ބޮޑު ފަސް ކުންފުނި އެއްކޮށްލައިގެން އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން ކިޔާކުންފުންޏެއް، އެފަސްކުންފުނި އެއްވެގެން އުފެއްދި މިކުންފިނިން މި މިއަތޮޅުތެރޭގައި މި ސަރަހައްދުގައި އިރާދަކުރެއްވިއްޔާ ފަށާ މަޝްރޫޢު ވެގެންދާނީ މި ރާއްޖޭގައި ފެށޭ އިޤްތިޞާދީ އެންމެ ބޮޑު މަޝްރޫޢުއަށް" 

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ރައިސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ނަމެއްގެ ގޮތުގައި ބޭނުންކުރާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ކަމަށާއި އެނަން ކީ ކަމުގައި ވިޔަސް އެ މަޝްރޫޢުން ލިބެންވާފައިދާ އެންމެހައި ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ހޯރަފުށްޓަށް އެމަނިކުފާނު ކޮންދެއްވާނެކަމަށް ވަޢުދުވެ ވަޑައިގެންނެވި ހުރިހައިކަމަކާއި، އަދި އޭގެ އިތުން މިއަދު ކައުންސިލާއި ބައްދަލުކުރެއްވުމުން ކައުންސިލުން އެދުނު ހުރިހާކަމެއްވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަށް ދެއްވާކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.