ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢަލީ ހައިދަރު--
ހަބަރު
25 Feb 2024 | 10:01
އެގްރީމަންޓްގައި ސޮއިކޮށް 8000 އަށްވުރެގިނަ މިހުންނަށް ގޯތި ރަޖިސްޓަރީ ހަވާލު ކޮށްފި: މިނިސްޓްރީ

ބިންވެރިޔާ ސްކީމްގެ ދަށުން އެގްރީމަންޓްގައި ސޮއިކޮށް 8000 އަށްވުރެ ގިނަ މިހުންނަށް ގޯތީގެ ރަޖިސްޓަރީ ހަވާލު ކޮށްފިއެވެ.

ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު "ބިންވެރިޔާ ސްކީމް" ގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ހިއްސާ ކޮށްފައެވެ. 

އޭގައިވާގޮތުން މިހާތަނަށް އެގްރީމަންޓްގައި ސޮއިކޮށް 8250 ފަރާތަކާއި ވަނީ ރަޖިސްޓްރީ ހަވާލު ކޮށްފައެވެ. އަދި ބިން ލިބިފައިވާކަމުގެ ލިޔުން 118 ފަރާތަކާ ވަނީ ހަވާލު ކުރެވިފައެވެ. 

މީގެ އިތުރުން ބިން ލިބިފައިވާކަމުގެ ލިޔުން ހަވާލު ނުކުރާ 303 މީހުން ތިބި އިރު އެޕްލިކަންޓ/ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ 16 ފަރާތަކާއި ސޮއި ނުކުރެވި ވާ ކަމަށާ،

އެޕްލިކަންޓް/އެޕްލިކަންޓުން ނިޔާވުމުގެ ސަބަބުން ސޮއި ނުކުރެވި ހުރި 12 ފަރާތަކާއިއިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން ސޮއި ނުކުރެވި ހުރި 120 ފަރާތެއް ހުރި ކަމަށް ބުނެފައިވެއެވެ. 

އަދި އެގްރީމަންޓް ސޮއިކޮށް 212 ފަރާތަކާއި ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށާ ގިނަ ފަރާތްތަކަށް ސޮއިކުރުމަށް ދެވަނަ ފުރުޞަތުވެސް ދެވިފައި ވާކަން އެ މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހައުސިންގް މިނިސްޓްރީން ބުނީ، "ބިންވެރިޔާ ސްކީމް"ގެ ދަށުން ބިންތަކުގެ އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލު ކުރެވިފައިނުވާ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. 

އަދި ބިން ލިބޭ ފަރާތަކަށް އެ މިނިސްޓްރީން ގުޅާނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004994 އަދި 4004797 އިން ކަމުގައިވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.