މިދިޔަ އަހަރުގެ ލޯތްބާއެކު ކެންޕެއިންގެ ތެރެއިން-- ފޮޓޯ/އައިއޭސީ
ހަބަރު
25 Feb 2024 | 14:24
އައިއޭސީގެ "ލޯތްބާއެކު" މެދުވެރިކޮށް މި ރަމަޟާން މަހުވެސް ހާލުގައި އުޅޭ މުސްލިމުންނަށް އެހީވުމުގެ ފުރުސަތު!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ޖަމާޢަތެއްކަމަށްވާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ "ލޯތްބާއިއެކު 2024" ކެމްޕެއިން މެދުވެރިކޮށް މިއަހަރުގެ ރަމަޟާންމަހުގައިވެސް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ލޯތްބާއިއެކު ޕްރޮޖެކްޓަކީ 2018 ވަނަ އަހަރުގެ ތެރޭގައި ރަމަޟާން މަހަށް ޚާއްޞަކޮށް އައިއޭސީއިން އިފުތިތާހުކުރި ޕްރޮޖެކެޓެވެ.

މި ޕްރޮޖެކްޓުގެ އެންމެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމެވެ. 

އެގޮތުން، މިއަހަރު މިކެމްޕެއިން މެދުވެރިކޮށް، މެދުއިރުމަތީގައި 7 ގައުމަކާއި، އެފްރިކާގެ 10 ގައުމަކާއި، އޭޝިޔާގެ 9 ގައުމެއްގެ އިތުރުން ޔޫރަޕްގެ ތިން ގައުމަކަށް އެހީވުމަށް ނިންމާފައިވާ ކަމަށް އައިއޭސީން ބުނެއެވެ. 

އެހެންކަމުން، އެ ގައުމުތު ތަކުގައި ދިރިއުޅެމުންދާ މުސްލިމުންނަށް އެހީވުމަށް ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމަށް އައިއޭސީން އެދެއެވެ.

ބޭންކް: ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062740 

އެކައުންޓް ނަން: އިންޓަނޭޝަނަލް އެއިޑް ކެންޕެއިން

އެކައުންޓް ލޭބަލް: IAC l Seasonal 

ނިމިދޔަ އަހަރުވެސް ލޯތްބާއެކު ކެންޕެއިން މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އިފްތާރު ޕެކޭޖު އައިއޭސީން ބަހާފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ