ކެލާ ރައްޔިތުންނާއި ރައީސް މުޢިއްޒު ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ހަބަރު
25 Feb 2024 | 16:23
2 މިލިއަން ޑޮލަރު ހުރި އެސްޑީއެފްއަށް މި ސަރުކާރުން 3 މަސްތެރޭ 30 މިލިއަން ޑޮލަރު ޖަމާކޮށްފި: ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފް ގައި ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި، 2.4 މިލިއަން ރުފިޔާ ކަމަށާ، އެހެންނަމަވެސް މި ސަރުކާރުން 3 މަސްތެރޭ، 30 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނސްޓަރ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އުތުރުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ހއ. ކެލާ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރެއްވުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ, ދައުލަތުން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް، ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި, މިދިޔަ އަހަރުގެ ނޮވެންބަރ 17 ގައި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު ބާކީ ހުރީ 2 މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ރުފިޔާކަަމަށެވެ.

ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، 17 ނޮވެމްބަރު ގައި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި، އެސްޑީއެފްގައި ބާކީ ހުރީ، 2 މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ރުފިޔާއާ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ރާއްޖެއިން ނަގާ ލޯން އަނބުރާ ދެއްކުމަށް ގާއިމްވެފައި ހުރި ފަންޑެއް. އެ ފަންޑުގައި ހުރި، ހުރިހާ ފައިސާއެއް، މާރުކޮށް ކޮށް ކޮށް ގޮސް، އެއްކޮށް ހުސްކޮށްލާފައި އޮތީ. ބާކީ 2.4 މިލިއަން ރުފިޔާ އާއި 2 މިލިއަން ޑޮލަރު ހުރީ. ރައީސް މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން، އެންމެ ތިން މަސް ދުވަހުގެ ތެރޭގައި، 30 މިލިއަން އެމެރިކާ ޑޮލަރު އެހެރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކޮށްފައި.

އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގެން، ފައިސާ ޗާޕުކުރުން ހުއްޓާލައްވާފައިވާ ކަމަށާ، އެމާނިކުފާނުގެ މިސަރުކާރުން ގެންގުޅުއްވާ އިގްތިސާދީ ޕޮލިސީތަކަކީ ދުނިޔެ ޤަބޫލުކުރާ ޕޮލިސީތަކެއް ކަމަށެވެ.

އަދި ޒިންމާދާރު އިގްތިސާދީ ރިފޯމްތަކާއެކު މިޤައުމުގެ އިގްތިސާދު ދެން ދާނީ ކުރިއަށް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް ޑރ. މުޢިއްޒުގެ ސަރުުކާރުން, ރާއްޖެއިން ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރު ހޯއްދަވާފައިވާކަމަށާއި ރަށް ރަށުގައި ރިސޯޓް ތަރައްޤީކުރުމަށް ޕްރައިވެޓް އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތްކުރާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.