ޑރ. އާދަމް ޝަމީމް-- ފޮޓޯ/ އަލް ޢަސްރު
ހަބަރު
28 Feb 2024 | 14:14
ޑރ.އާދަމް ޝަމީމްގެ "މަރުހަބާ ރަމަޟާން" ދަރުސް މާދަމާ ރޭ!

ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު ޑރ.އާދަމް ޝަމީމް ގެ "މަރުހަބާ ރަމަޟާން" ދަރުސް މާދަމާރޭ ބާއްވާގޮތަށް ހަމަޖެހިއްްޖެއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ މާދަމާ ރޭ 20:30 ގައި މާލޭ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. 

ޑރ.ޝަމީމަކީ ޙަދީޘާއި އިސްލާމީ ތައުލީމުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރައްވައިފައިވާ ޝެއިޚެކެވެ.
ހުކުރު ޚުތުބާ ވިދާޅުވުމުގެ އިތުރުން ވަރަށް ގިނަ ދީނީ ދަރުސްތައް މާލޭގައާއި އަތޮޅުތެރޭގައި ޝެއިޚް އަންނަނީ ދެއްވަމުންނެވެ.

އެގޮތުން ފާހަގަކޮށްލެވޭ ދަރުސްތަކުގެ ތެރޭގައި އަންދަލުސް ދަރުހާއި، ދާދިފަހުން ފަލަސްޠީނުގެ ހާލަތާއި ގުޅޭ ގޮތުން ދެއްވި "ނަކްބާ" ދަރުސް ފާހަގަކޮށްވެއެވެ.

މީގެ އިތުރުން މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން އެންމެ އިސްކޮށް ބަލަހައްޓަވާ ފަރާތެއްގެ ގޮތުގައިވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހަމަޖައްސަވާފައިވަނީ ޑރ. ޝަމީމެވެ. 

އަދި މާދަމާރޭ މަރުހަބާ ރަމަޟާން ގެ ނަމުގައި ޝެއިޚް ދަރުސް ދެއްވަން ނިންމަވާފައި ވާއިރު، ކަލަންޑަރ ދައްކާގޮތުން މިއަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހަކީ މިފެށޭ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.