ސްޕްރީމް ކޯޓުގެ މިއަދުގެ އަޑުއެހުމުގެ ތެރެއިން--
ހަބަރު
29 Feb 2024 | 09:59
މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެނައީ ގާނޫނު އަސާސީއާ ޚިލާފަށް: ސްޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާއިރު, ހުސް ގޮނޑިތައް ނުލާ ގޮތަށް، މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވަނީ ގާނޫނު އަސާސީއާއި ޚިލާފަށް ކަމަށް ސްޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ. 

މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގެނައި ބަދަލަކީ ގާނުނު އަސާސީއާއި ޚިލާފަށް ގެނައި ބަދަލެއް ކަމަށް ބުނެ، އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅީ ދައުލަތުގެ ބަންޑާރަނައިބުގެ ފަރާތުންނެވެ. 

އެ މައްސަލައިގެ ހުކުމް ކުރުން މިއަދު އޮތް އިރު، މައްސަލައިގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނާއިރު ހުސްވެފައިވާ ގޮނޑިތައް ނުލައި ގުނުމަށް، މަޖިލީހުން ގަވާއިދަށް އިސްލާހު ގެނެސްފައިވަނީ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން، "ހެޔޮ ނިޔަތުގައި ކަމަށް ގަބޫލުކުރަން ދަތި" ކަމަށެވެ. 

އަދި މައްސަލާގެ ހުކުމް އިއްވަމުން މަޖިލީހުން މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން ނިންމި ނިންމުމާއި ގުޅިގެން ފަސް ކަމެއް ފަނޑިޔާރު އަޒްމިރަލްދާ ވަނީ ފާހަގަކުރައްވާފައެވެ. 

އެއީ؛

1) 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިސްތިއުފާ ތިން މެންބަރުންގެ ދާއިރާތައް ނުހިމަނައި، މަޖިލީހުގެ ޖުމްލަ އަދަދު ގުނުމަކީ، ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ ދަށުން މެންބަރުންގެ އަދަދު ކަނޑައަޅާ އުސޫލަށާއި، 72 ވަނަ މާއްދާގެ ދަށުން އިންތިޚާބީ ދާއިރާތައް ތަމްސީލް ކުރެވޭ ގޮތަށާއި، 26 ވަނަ މާއްދާގެ (ނ) ގެ ދަށުން މަންދޫބަކު މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމުގައި ބައިވެރި ވުމުގެ ހައްގަށާއި، އަދި 4 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ބާރުވެރިކަން އޮތުމާއި ޚިލާފް ކަމެއް ކަން. 

2) ގާނޫނު އަސާސީގެ 78 ވަނަ މާއްދާ އަކީ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމަށް 6 މަސްދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްގައި ހުސްވާ ގޮނޑިތަކެއް ނުހިމަނައި މަޖިލީހުގެ ޖުމްލަ އަދަދު ގުނުމަށް ފަހިކޮށްދޭ މާއްދާއެއް ނޫންކަން. 

3) ގާނޫނު އަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު، ހުސް ގޮނޑިތައް ނުހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުގެ ނަތީޖާ އަކީ، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ކަންކަން ބަޔާން ކުރާ، މާއްދާތަކުގައި، ގާނޫނު އަސާސީން އެކި ކަންކަން ލިބިދީފައިވާ ހިމާޔަތް ބަލިކަށިވެ، ގާނޫނު އަސާސީގެ އޮނިގަނޑު ވަކި ގޮތަކަށް އޮތް އޮތުން ނިއުޅެވިގެންދާ ކަމެއްކަން. 

4) ރައްޔިތުންގެ މަޖިލީހަށް ގަވާއިދު ހެދުމުގެ ބާރު ލިބެނީ ގާނޫނު އަސާސީއާއި ޚިލާފް ނުވާ ގޮތަކަށް ކަމަށް ވާއިރު، މަޖިލީހުގެ އިސްތިއުފާ ދިން މެންބަރުންގެ އަދަދު ނުހިމަނައި، މެންބަރުންގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމަށް ނިންމާފައިވާނީ މަޖިލީހަށް ގަވާއިދު ހެދުމަށް ލިބިފައިވާ ހުދޫދުގެ ބޭރުން. 

5) މަޖިލީހުގެ ގަވާއިދުގެ 40 ވަނަ މާއްދާއަށް ގެނެވުނު އިސްލާހު މިހާރު އެ މާއްދާއިން އުނި ކޮށްފައިވާތީ އެކަމަށް އެޅޭނެ ފިޔަވަޅެއް ނެތް ކަން. 

ފަނޑިޔާރު އަޒްމިރަލްދާ ގެ ނިންމެވުމަށް ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި، ފަނޑިޔާރު ޢާއިޝާ ޝުޖޫން އާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ