ވަޒީރު ޑރ.މަރިޔަމް މާރިޔާ-- ފޮޓޯ: މިނިސްޓްރީ
ހަބަރު
29 Feb 2024 | 15:46
މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލައްވާ ފުރަތަމަ ސްޓޫޑެންޓް ލޯނު ސްކީމް ގެ ދަށުން 500 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ލޯނަށް އެދުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައިވާއިރު، އަންނަމަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށައަޅާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު ރަނގަޅުކޮށް އަލުން ހުށައެޅުމުގެ ފުރުޞަތު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ދޭނެއެވެ.

މިކަމާއި ގުޅިގެން ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ މިލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެ ކުއްޖަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެ ކަމަށެވެ. އަދި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

" މި ފަސް އަހަރަށް ބަހާލައިގެން މީހުން ބިނާ ކުރުމުގެ ވަރަށް ފުޅާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވޭ. ސަރުކާރުގެ ސިޔާސަތުގެ ދަށުން އިޤްތިޞާދު އާރޯ ކުރެވޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުމަށް އިސްކަންދޭނެ. ދިވެހިން މަދު ފަންނީ ދާއިރާތަކުން ތަމްރީން ދިނުމަށް ފުރުޞަތުތައް ދިނުމަށް ނިންމާފައިވާނެ"

ވަޒީރު ޑރ.މާރިޔާ ވިދާޅުވިއެވެ.

މި ލޯން ސްކީމް އެކުލަވާލާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ހާއްސަ ކުރެވިފައިވާ ފުރުސަތުތަކެއް ވެސް ހިމެނޭނެ ގޮތަށެވެ. މިގޮތުން ވަޒީރު ޑރ.މާރިޔާ ވިދާޅުވީ، މިއީ ވަރަށް އިންކްލޫސިވް ލޯން ސްކީމެއް ކަމަށާއި، އެ ފަރާތެއްގެ ހުންނަ ނުކުޅެދުންތެރިކަމަށް ރިއާޔަތްކޮށް، ޕްރޮގްރާމް ފުރިހަމަ ކުރުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތުގައި، އެކަމަށް މަގުފަހިވާނެ ހަރަދުތައް ދިނުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

މީގެ އިތުރުންވެސް، މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދެއްވާނެކަމަށާއި ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށް ވެސް ވަޒީރު ޑރ.މާރިޔާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
މަރީ
ޕައިލެޓްކަން މިހާރު ކިޔަވަމުންދާ ކުދިންނަށް، ތިލޯންގެ ތެރެއިން ފުރުސަތުނުލިބޭ ގޮތައް އޮތީ ކީވެތޯ
01 Mar 2024
ޙަފީޒް
ސުވާލަކީ މިހާރު ކިޔަވަމުންދާ ކުދިންނަށް ދެވަނަ ޕޭމަންޓް ވެސް ދޭނެބާއެވެ.
04 Mar 2024
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.