ހަޒްބިން ހޮޓެލްގެ މަންޒަރެއް--
ހަބަރު
01 Mar 2024 | 14:45
އެމޭޒަން އިން ދައްކާ "ހަޒްބިން ހޮޓެލް" ކާޓޫނުގައި ކުފުރާއި ޝިރުކު؛ ދަރިން ރައްކާތެރިކުރަންޖެހޭ!

އެމޭޒަން އިން ދާދިފަހުން ދައްކަން ފެށި، "ހަޒްބިން ހޮޓެލް" ގައި އިސްލާމް ދީނާއި ފުށުއަރާ ޝިރުކާއި ކުފުރު ހިމެނޭ އެތައް މަންޒަރުތަކެއް ދައްކާތީ އެ ކާޓޫން ބެލުމާއި ދުރުހެލިވެ، ދަރިންވެސް އެ ބެލުމުން ރައްކާތެރި ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިފިއެވެ. 

އޮންލައިންކޮށް އެކިއެކި ކާޓޫން ތަކާއި ފިލްމުތައް ބެލުމުގެ ފުރުސަތު ތަން މިނަށް ހުޅުވާލެވިފައިވާ މި ޒަމާނުގައި، ގިނަ ޒުވާނުންނާއި ކުދިންވެސް އަންނަނީ އެކިއެކި އޮންލައިން ޕްލެޓްފޯމް ތަކުން ފިލްމުތަކާއި ކާޓޫންތައް ބަލަމުންނެވެ. 

އެފަދަ، ޕްލެޓްފޯމް ތަކުގައި ކުޑަކުދިންނާއި، އަދި ޚާއްސަކޮށް މުސްލިމުންނާއި ނުގުޅޭ ފާހިޝް އެކިއެކި މަންޒަރުތަކާއި، އިސްލާމްދީނާއި ބީރަށްޓެހި ސަގާފަތްތަކާއި، ދީނާއި ޚިލާފް އެކިއެކި ފިލްމު ތަކާއި ކާޓުންތައްވެސް މިހާރު ބެލެން ހުންނަ އިރު، އެކަމަކީ އެ ޕްލެޓްފޯމް ތަކުން އެއްޗެހި ބަލާ މީހުންނާއި، އަދި ކުދިންގެ ބެލެނިވެރިންވެސް ވަރަށް ސަމާލުވާންޖެހޭ ކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ. 

އެގޮތުން ދާދިފަހުން އެމޭޒަން އިން ދައްކަންފެށި "ހަޒްބިން ހޮޓެލް" އަކީ ބެލެނިވެރިންނާއި އެނޫން ފަރާތްތައްވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކާޓޫން ފިލްމެކެވެ. 

އާދަމް ޢަލައިހިއްސަލާމް އާއި ހައްވާގެފާނާއި، ސުވަރުގެއާއި، ނަރަކަ، މަލާއިކަތް ބޭކަލުން އަދި އިބިލީހުގެ ވާހަކަވެސް މި ކާޓޫން ފެށިގެން އަންނައިރު ދައްކާއިރު، އެއިން ބުނެދޭން މަސައްކަތް ކުރަނީ އިބިލީހުގެ ރަނގަޅު ވާހަކައެވެ. އަދި އާދަމް ޢަލައިހިއްސަލާމް އާއި ހައްވާގެފާނާއި މަލާއިކަތުން "ވިލަން" އެއްގެ ގޮތަށް ސިފަކޮށް އެއިން އެ ދައްކާ މަންޒަރު ތަކުގެ ތަފްސީލަށް ދިޔުމަކީވެސް ކޮށްގެން ހެޔޮ ވާނެ ކަމެއް ކަމުގައި ނުދެމެވެ. 

އެހެންކަމަށް ވާއިރު، އަހަރެމެންގެ ދަރިންނާއި، އަމިއްލަ ނަފްސްތައްވެސް އެފަދަ ކަންކަމަށް ހޭލުންތެރިކޮށް، ޣައިރު މުސްލިމުން، އެމީހުންގެ ފިކުރާއި، އެމީހުންގެ ޕްރޮޕެގެންޑާ ތައް، މުސްލިމުންގެ މެދުގައި ފަތުރައި، މުސްލިމުން ދީނާއި ދުރަށް ޖައްސައި، މުސްލިމުންގެ ހިތް ތަކުގައި ދީނާއި މެދު ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ތަކުން ސަލާމަތްވާންޖެހެއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.