މޯލްޑިވިއަންގެ އެއާ އެމްބިއުލާންސް--
ހަބަރު
01 Mar 2024 | 21:05
އެއާ އެމްބިއުލާންސް ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމުގެ ޔަގީންކަން މޯލްޑިވިއަނުން ދީފި

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމުގެ ޔަގީންކަން ގައުމީ އެއާލައިން, މޯލްޑިވިއަން އިން ދީފިއެވެ.

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެއާ އެމްބިއުލާންސްގެ ހިދުމަތް މިއަދު ފަށާފައިވާއިރު، އެ ބޯޓުގެ ސަލާމަތީ ކަންކަމާއި މެދު ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. 

އެއާއި ގުޅިގެން މޯލްޑިވިއަން އިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ. އަދި އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން އެބޯޓަކީ އެ ކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުން ދިޔަ ބޯޓެއް ކަންވެސް ފާހަގަކޮށްފައިވެއެވެ.

މިއާއެކު މޯލްޑިވިއަން އިން ބުނީ، އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކުރެވިފައިވަނީ އެމަޖެންސީ ފަރުވާ އޭަގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށް ގެން ކަމަށެވެ.

މިކުންފުނިން މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށްކަން ޔަގީންކޮށް އަރުވަމެވެ.

މޯލްޑިވިއަން 

އެއާ އެންބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުމާއި ފުޅާ ކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ރައީސް ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއާ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

އަދި އެއާ އެމްބިއުލާންސް ގެ ހިދުމަތް ފުޅާކުރުމުން ފުލް ޓައިމު ގައި އޮޕަރޭޓް ކުރާނެ ދެ ބޯޓެއް އޮންނާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން މޯލްޑިވިއަންގެ އެއާ އެމްބިއުލާންސް ގެ އިތުރުން، ސީޕްލޭންވެސް ބަލި މީހުން އުފުލުމަށް ބޭނުން ކުރަމުން އަންނާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.