އަނީސް ޙިލްމީ-- ފޮޓޯ/ ޕޮލިސް
ހަބަރު
03 Mar 2024 | 12:36
ކުއްޖަކު ގުރޫމްކޮށްގެން ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕް ކުރި ކަމުގެ ތުހުމަތު ކުރެވޭ އަނީސް އަލުން ބަންދުކުރަން އެދިއްޖެ

އަންހެން ކުއްޖަކު ގުރޫމް ކޮށްގެން އޭނާ ގެސްޓްހައުސް އަކަށް ގެންގޮސް ރޭޕްކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނިކޮށް މިނިވަން ކޮށްފައިވާ އަނީސް ހިލްމީ އަލުން ބަންދު ކުރުމަށް އެދި ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ހއ. ބާރަށު، ސިލްސިލާގެ އަނީސް ފުރަތަމަ، މީގެ ތިން އަހަރު ކުރިން ހައްޔަރު ކުރީ މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައެވެ. އޭރު އޭނާ ބަންދުކުރީ ޝަރީއަތް ނިމެންދެނެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އެމައްސަލައާއި ގުޅިގެން އަނީސްގެ މޮބައިލް ފޯނު އެނަލައިޒް ކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީ އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.

އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 01 މަހާއި 06 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް 29 މާރިޗު 2023 ގައި ޙުކުމް ކޮށްފައިވާއިރު އެ ހުކުމް ތަންފީޒުކޮށް ވަނީ ނިމިފައެވެ.

ދައުލަތުން ކުރި ދައުވާތަކުގެ ތެރޭގައި ބުނެފައިވަނީ އަނީސް ހިލްމީ އެކުއްޖާއަށް ފޯނެއް ގަނެދޭނެކަމަށް ބުނެ، އެކުއްޖާ ގޮވައިގެން ފިހާރައަށް ގޮސް، އެކުއްޖާއަށް ދަޅަކާއި، ބޮޑީ ސްޕްރޭ ފުޅިއެއް ގަނެދީފައިވާ ކަމަށެވެ. އެއީ ކުއްޖާ ގްރޫމް ކުރުމަށް އޭނާ ކޮށްފައިވާ އަމަލުތަކެއްކަމަށް ދައުވާގައި ބުނެފައިވެއެވެ.

އަނީސް ޝަރީއަތް ނިންމެންދެން ބަންދުކޮށްފައި ވަނިކޮށް ކުރިމިނަލް ކޯޓުން އަމުރުކޮށްގެން އޭނާ ދޫކޮށްގައިވަނީ ފާއިތުވި ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.

ނަމަވެސް ޕީޖީ އޮފީހުން ބުނެފައިވާ ގޮތުން އަނީސް ހިލްމީ ބަންދުން ދޫކޮށްލި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް 25 ފެބްރުވަރީ 2024 ދުވަހު ވަނީ ހުށަހަޅާފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނާނެއެވެ. އަދި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާ ސާބިތު ވެއްޖެނަމަ 10 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް