ހިޔާ ޖަމިއްޔާގެ ލޯގޯ
ހަބަރު
07 Mar 2024 | 17:40
"ހިޔާ އަލިނޫރު" އޮންލައިން ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު!

ހއ. ހޯރަފުށީ ހިޔާ ޖަމިއްޔާއިން ކުރިއަށް ގެންދާ 'އަލި ނޫރު' އޮންލައިން ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

ހޯރަފުށީގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހު 15 ވަނަ ދުވަހުގެ 00:00 އާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، ގުރުއާން މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފުރިހަމަ ނަމާއި، ގޭގެ ނަމާއި، އައިޑީކާޑު ކޮޕީއެއް، އަދި ބައިވެރިވާ އުމުރުފުރާ، 7741177 އަށް ވައިބާ އިން މެސެޖު ކޮށްލުމަށް އެދިފައިވެއެވެ.

މި ގުރުއާން މުބާރާތާއި ގުޅޭގޮތުން ވޮއިސް އަށް މަޢުލޫމާތު ދެއްވަމުން ހިޔާ ޖަމިއްޔާގެ ރައީސް އަބްދުالله އާތިފް ވިދާޅުވީ، މުބާރާތުގައި ތިން އުމުރުފުރާ އަކުން ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އެއީ؛

• 4 އަހަރާއީ 7 އަހަރުގެ އުމުރުފުރާ

• 8 އަހަރާއި 11 އަހަރުގެ އުމުރުފުރާ

• 12 އަހަރާއީ 16 އަހަރުގެ އުމުރުފުރާ 

މި އުމުރުފުރާ ތަކުން 1 ވަނަ 2 ވަނަ އަދި ތިންވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، މުޅި މުބާރާތުން ވެސް 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް އަންނަ ފަރާތްތަކަށް ވެސް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ. 

އެގޮތުން، އުމުރުފުރާތަކުން 1 ވަނަ އަށް އަންނަ ފަރާތްތަކަށް 1000 ރުފިޔާ، 2 ވަނަ އަށް 500 ރުފިޔާ އަދި 3 ވަނަ އަށް 350 ރުފިޔާގެ ފައިސާގެ އިނާމް ދޭއިރު، މުޅި މުބާރާތުން 1 ވަނަ އަށް އަންނަ ފަރާތްތަކަށް 3000 ރުފިޔާ، 2 ވަނައަށް 2000 ރުފިޔާ އަދި 3 ވަނަ އަށް 1000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އާތިފް މައުލޫމާތު ދެއްވައެވެ. 

މީގެ އިތުރުން، މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތަކަށްވެސް ބައިވެރިވި ކަމުގެ ފިލައެއް ދިނުމަށް ހަމަޖެހިފައިވާކަން އާތިފް ފާހަގަކުރެއްވިއެވެ. 

މިއީ ހިޔާ ޖަމިއްޔާއިން ގެނެސްދޭ މިފަދަ ފުރަތަމަ ގުރުއާން މުބާރާތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.