ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Mar 2024 | 12:48
ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަން: ރައީސް ޑރ.މުއިއްޒު

ޅ.ޅޮސްއަލަފުއްޓަކީ ޅ.ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، މިހާރު އެމަނިކުފާނު ޅ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޅ.ކުރެންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، 2،000 އަށް ވުރެ ގިނަ ރައްޔިތުންގެ އާބާދީ އެއް އުޅޭ ކުރެންދޫ އިން ބިން ވަނީ ހުސްވެފައި ކަމަށާއި، ރަށުގެ ތަރައްގީ އަށް ބޭނުންވާވަރަށް ފަޅު ތެރޭން ބިން ހިއްކާނެ ވަރުގެ ޖާގައެއް އިތުރުކުރެވެން ނެތްކަމަށެވެ.  ތަރައްގީ ހޯދުމުގައި ބޮޑު ގޮންޖެހުމަކާއި ކުރެންދޫގެ ރައްޔިތުންނަށް ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މިހާރު ހިނގަމުންދާ 50 ހައުސިން ޔުނިޓް މަޝްރޫއަކުން ވެސް ކުރެންދޫގެ ރައްޔިތުންނަށް ފުދޭވަރެއް ނުވާނެ ކަމަށާއި ބިން ހިއްކިޔަސް ލިބޭ ޖާގައިން ނުފުދޭނެ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރަށުގެ ކުރި މަގަށާއި، ދާއިމީ ތަރައްގީ އަކަށްޓަކައި ކުރެންދޫ އާއި މާދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުއްޓަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް ގަސްތުކުރައްވާކަމަށެވެ. ނަމަވެސް އެ ރަށާއި ގުޅުން ހުރި އެގްރީމެންޓް ތަކެއް ހުރިކަމަށާއި، އޮންނަ އުސޫލު ތަކުގެ ތެރެއިން، ދައުލަތަށް އޭގެ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެރަށާއި ގުޅުންހުރި އެގްރީމެންޓްތަކުން ރަށް ވަކިކޮށް، ޅޮސްއަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ.މުއިއްޒު ވަނީ ކުރެންދޫ ގެ ރައްޔިތުންނަށް އަރުވާފައެވެ.

"އަޅުގަނޑު ގަސްތުކުރަނީ މި ރަށުގެ ކުރި މަގަށްޓަކައި، ދާއިމީ ތަރައްގީ އަކަށްޓަކައި މިތާ މާދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުއްޓަކީ މިރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަންތައް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑުވެސް އޭރު ވަޒީރަކަށް ހުރި މިނިސްޓްރީގެ ތެރެއިން އޭރުގައި ވެސް އެކި އެކި މުއާމަލާތްތައް އެގްރީމެންޓް ތައް ހެދިފައި އޮތް ރަށެއް."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އިގްތިސާދީ ކުރިއެރުން ކޮންމެ ރަށަކަށް ވެސް ކޮންމެހެންވެސް ހޯދަދޭން ޖެހޭ ކަމަށާއި، މި ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލް ތަކަށް ވެސް އެޖާގަ ދިނުމަށް ކަމަށެވެ. ރައްޔިތުންނަށް ފުދުންތެރިކަން ލިބިގެންދާނީ، ގެދޮރުވެރިކަމާއި އިގްތިސާދީ ކުރިއެރުން އެކުއެކީގައި ލިބިގެން ކަމަށް ވެސް ރައީސް ޑރ.މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.