ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
09 Mar 2024 | 15:22
ހިއްކާފައިހުރި ބިންތަކުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަޝްރޫއުއެއް މި އަހަރު ތެރޭގައި ފަށާނަން: ރައީސް ޑރ.މުއިއްޒު

ހިއްކާފައިހުރި ބިންތަކުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރުމުގެ މަޝްރޫއުއެއް މި އަހަރު ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޅ އަތޮޅުގެ ތިން ރަށަކަށް ރައީސް ޑރ.މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޅ.ހިންނަވަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ވަރަށް ގިނަ ރަށްރަށުގައި ބިން ހިއްކާފައި ހުރި ނަމަވެސް އެ ބިން އޮތީ ހަނަފަސް ބިމެއްގެ ގޮތުގައި ކަމަށެވެ. މިގޮތުން ފެން، ކަރަންޓު އަދި ނަރުދަމާ ނޭޅި ހުރުމުގެ އިތުރުން މަގުތައް ވެސް އެ ބިންތަކުގައި ހެދިފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ފޯމިއުލޭޓް ކުރަމުންދާ ބޮޑު މަޝްރޫއު އެއް އެއީ، މި ގޮތަށް ހިއްކާފައިހުރި ބިން ތަކުގައި އިންފްރާސްޓްރަކްޗާ ގާއިމު ކޮށްދިނުން. ފެނާއި ކަރަންޓާއި ނަރުދަމާ އާއި މަގުހެދުމާ. އެ މަޝްރޫއު ގެ ތެރެއިން މިގޮތަށް ބިން ހިއްކާފައި ހުރި، ގިނަ އަހަރުތަކެއް ވެފައި ހުރި މަޝްރޫއުތައް، ރަށްތައް ހިމެނޭ ގޮތުން އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި މަޝްރޫއު އެއް ފަށާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މި މަޝްރޫއު ގެ ސަބަބުން ހިއްކި ބިމުގެ ބޭނުން ގެދޮރު ބިނާ ކުރުންފަދަ އެކި ކަހަލަ އަސާސީ އަދި އިގްތިޞާދީ މަސައްކަތްތަކަށް ބޭނުން ކުރުމުގައި ހަގީގީ ކުލަ ޖެހިގެންދާނެ ކަމަށާއި ހަމައެކަނި ފެންނަން އޮންނަ ފަސްގަނޑެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ރައްޔިތުންނަށް އެތަނުގެ ބޭނުން ހިފޭނެ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވަނީ މި މަޝްރޫއުގެ ތެރެއިން ހިންނަވަރުގައި ހިއްކާފައި އޮތް ބިމުގައި ވެސް ގާއިމު ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.