ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
09 Mar 2024 | 17:02
ހިންނަަވަރަށް ހޯދަދޭންޖެހޭ ފުރިހަމަ ހައްގު ހޯދަދޭނަން: ރައީސް ޑރ.މުއިއްޒު

ޅ.ހިންނަވަރަށް ހޯދައިދޭން ޖެހޭ  ހައްގު ހޯދަދެއްވާނެ ކަމަށާއި، ހިންނަވަރަށް މިހާތަނަށް ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ މަސައްކަތެއް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ޅ އަތޮޅު ހިންނަވަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ކޮންމެ ރައްޔިތަކު ކިތަންމެ އާބާދީ ކުޑަ ރަށެއްގައި ހުއްޓަސް، ކިތަންމެ އާބާދީ ބޮޑު ރަށެއްގައި ހުއްޓަސް އަޅުގަނޑަށް މުހިންމު. ހިންނަވަރުގަ މިހާތަނަށް ހަގީގަތަކަށް ނުވެ ގޮސްފައިވާ ހުރިހާ މަސައްކަތެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ ހަގީގަތަކަށް ހަދައި ހިންނަަވަރަށް ހޯދަދޭންޖެހޭ ފުރިހަމަ ހައްގު ހޯދަދޭނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ހިންނަވަރަކީ ވަކި ބަޔަކު އެ މީހުންގެ މިލްކެއްގެ ގޮތުގައި ދެކޭ ރަށެއް ކަމަށާއި ނަމަވެސް އެރަށުގެ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ނުވެ އެތައް ޒަމާނެއް ހޭދަވެގެން ގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ހިންނަވަރު ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދީ އެރަށަށް ފުރިހަމަ ހައްގު ހޯދައިދޭނެ ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުއިއްޒު ވަނީ ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް، އެމަނިކުފާނުގެ ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ ކަމަށާއި އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އެމަނިކުފާނަށް މުހިންމު އެއްޗެއް ނޫންކަމަށެވެ.

"ކޮންމެ ސިޔާސީ ވިސްނުމެއްގެ މީހެއް ކަމަށް ވިޔަސް، އަޅުގަނޑު ކުރިމަތީގައި ހުރިހާ ދިވެހި ރައްޔިތުން ހަމަހަމަ. އެ މީހެއްގެ ސިޔާސީ ވިސްނުމަކީ އަޅުގަނޑަކަށް މުހިއްމު އެއްޗެއް ނޫން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ހިންނަވަރުގައި ފަށައި ނުނިމި ހުރި މަސައްކަތްތަކާއި އަލަށް ފަށަން ނިންމާފައިވާ މަސައްކަތްތައް މި ދައުރުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި ހިންނަވަރުގައި މިހާރު ގާއިމުކޮށްފައިވާ އޭޓީއެމަށްވުރެ ހިދުމަތް ފުޅާކޮށް އެ ހިދުމަތްވެސް ދިނުމުގެ އިތުރުން، އެރަށުގައި ހިއްކާފައިވާ ސަރަހައްދުގެ މަގުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.