ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Mar 2024 | 09:25
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ: ރައީސް ޑރ.މުއިއްޒު

ސަރުކާރުން މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދޫކޮށް، މަސްވެރިންގެ ބެކްލޮގް އެއްކޮށް ފިލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭގައި ރައީސް ޑރ.މުއިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ އާއި ހަމައަށް މަސްވެރިންނަށް ދެވުނު ފައިސާ އާއި އެކު މަސްވެރިން މިދިޔަ ހުކުރު ދުވަހާއި ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާދީ، މަސްވެރިންގެ ބެކްލޮގް އެއްކޮށް ފިލުވާލެވިފައިވާ ކަމަށެވެ.

ރައީސް ޑރ.މުއިއްޒު ވަނީ މީގެ ކުރިންވެސް މަސްވެރިންނަށް ސަރުކާރުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ބާކީ ނުދެވި ހުރި ފައިސާ، ރަމަޟާން މަހުގެ ކުރިން ދިނުމަށް މަސައްކަތްޕުޅު ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި މި ފައިސާ ދޫކުރުމަށްފަހު،  ދެން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ފަދައިން 48 ގަޑި އިރު ތެރޭގައި، މަސްވެރިން ބާނާ މަހަށް ފައިސާ ދޫކުރާނެ ކަމަށް ވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މަސްވެރިންނަށް ދޫކުރަން ޖެހޭ ފައިސާ ދޫކުރުން ލަސްވުމާއި ގުޅިގެން މަސްވެރިން ވަނީ ކޫއްޑޫގައި އިހުތިޖާޖް ވެސް ކޮށްފައި ކަން ފާހަގަކޮށްލަން ޖެހެއެވެ.

މި ސަރުކާރުން ރާއްޖޭގެ ވެރިކަމާއި ހަވާލުވިއިރު، މަސްވެރިންނަށް ގާތްގަނޑަކަށް 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ސަރުކާރުން ވަނީ ދޭން ޖެހިފައެވެ. މި ރުފިޔާތައް ސަރުކާރުން މަސްވެރިންނަށް ދޫކޮށް ނިންމާފައިވާއިރު، މަސްވެރިންނަށް ބަރާބަރަށް ފައިސާ ދިނުމަށްޓަކައި ސަރުކާރުން ވަނީ މަސްގަންނަ އަގު 25 ރުފިޔާ އިން 20 ރުފިޔާ އަށް ދަށް ކޮށްފައެވެ.

މިކަމާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ އަގު ދަށްކުރީ، މަސްވެރިންނާއި މިފްކޯ ސަލާމަތުން ބޭއްވުމަށްޓަކައި ކަމަށާއި، މި ބަދަލަކީ މަސްވެރިން މިއަދު ތިބި ހާލަތު ބަދަލު ކުރުމަށް ގެނެވުނު ބަދަލެއް ކަމަށެވެ. އަދި ދައުލަތަށް ކެތްވާ އަގެއްގައި މަސް ގަންނަ ޖެހޭ ކަމަށް މަސްވެރިން ވެސް ގަބޫލުކުރާ ކަމަށާއި މަސްވެރިންނަށް ނުދެވޭ އަގެއްގައި މަސް ގަނެގެން މަސްވެރިން ނިކަމެތި ކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކަމަށް ވާއިރު، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު މަސްވެރިކަމުގެ ސިޔާއަތު ކުރިއެރުވުމަށްޓަކައި އެންމެ އިސްކަންދީގެން ކުރައްވާނެ ގިނަ ކަންތައްތަކެއް ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ވަނީ ހިމަނުއްވާފައި ވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.